ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދިޔަ ބީޗް ފެސްޓްގެ ކުޅިވަރުތަކުގައި ބައިވެރިވެ ވަނަތަކަށް ހޮވުނު ޓީމުތަކަށް އިނާމު ދީފިއެވެ.
"މައިހުޅުމާލެ" ގެ ނަމުގައި ކުރިއަށްދިޔަ މި ބީޗް ފެސްޓުގެ އިނާމްދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުއެވެ.
ބީޗް ފެސްޓުގެ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހެނދުނު 9:00 އިން 18:00 އަށެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ފޭސް 1 ގެ ބީޗުގައެވެ.
މި ބީޗް ފެސްޓުގައި ކުޅިވަރުގެ ހަރަކާތްތަކާއި، ދިވެހިރާއްޖޭގެ ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ހަރަކާތްތަކެއްވެސް ކުރިއަށްގެންގޮސްފައި ވެއެވެ. އެގޮތުން ހޭންޑްބޯޅަ، ބީޗް ވޮލީބޯޅަ، ބީޗް ފުޓްބޯޅަ، ކެނޯ ދުއްވުމާއި، ވާދެމުން ފަދަ ހަރަކާތްތައް ހިމެނެއެވެ.
މިނިސްޓަރ ރާފިއު ވަނީ ބީޗް ހޭންޑްބޯޅަ، ބީޗް ވޮލީބޯޅަ އަދި ބީޗް ފުޓްބޯޅައިގެ ވަނަތަކަށް ހޮވުނު ޓީމްތަކަށް އިނާމް ހަވާލްކޮށްދެއްވާފައެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަކީ ދުޅަހެޔޮ ބަޔަކަށް ހަދައި، ސަގާފަތާއި އިޖުތިމާޢީ ކަންކަމުގައި ހަރަކާތްތެރި ބަޔަކަށް ހެދުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު