އިންތިޚާބެއްގައި ރައްޔިތުން ފަސް އިންސައްތަ ވޯޓު ނުދިން މީހަކު މިއަދު ނިކުމެ ވެރިކަން ޙަވާލުކުރަންވީގޮތް ކިޔައި ދިނުމަކީ، ލަދުވެތި ކަމެއް ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމާއި ޕީއެންސީން "ހައްގު ފޮށި" ނަމުގައި ފަންޑު ފޮށްޓެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ވަޙީދު ވަނީ، ސިޔާސީ ޕާޓީތަކުން ވެރިކަމަށް އަންނަނީ ވެރިކަން ކުރާނެ ތަސައްވުރަކާއެކު ކަމަށާ ނަމަވެސް ވެރިކަން ހަވާލުކުރަން ޖެހޭނީ އެކަން ކުރެވޭވަރު މީހުންނާ ކަމަށް ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މެމްބަރު ވަހީދު ވިދާޅުވީ، "ފަސް އިންސައްތަ ވޯޓު ނުލިބުނު މީހަކު ނިކުމެ ވެރިކަން ޙަވާލުކުރަން ޖެހޭ ގޮތް ކިޔައިދިނުމަކީ، ތިމާގެ ކިބައިން ލަދުޙަޔާތް ޣައިބުވެ ފިލައި ގޮސްފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށެވެ."
ވެރިކަމުގައި ހުންނަވައިގެން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުން ޑރ. މުހަންމަދު ވަހީދު ހަސަންއަށް ލިބިވަޑައިގަތީ އެފަހަރުގެ އިންތިޚާބުގައި ވޯޓުލީ މީހުންގެ ޖުމްލަ ވޯޓުގެ ފަހެއް އިންސައްތަ އެވެ.
ފަހަކަށް އައިސް ސިޔާސީ ގޮތުން ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތް ކުރަށްވަމުން ގެންދަވާ ޑރ. ވަހީދަކީ ޕީޕީއެމްގެ މިހާރުގެ އެޑްވައިޒަރެކެވެ. އަދި ރައީސް ޔާމީން މިނިވަންކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ޑރ. ވަހީދު ވިދާޅުވީ ނަމަވެސް ޕީޕީއެމްގެ ބައެއް މެމްބަރުން އެކަމާމެދު ޝައްކުގެ ނަޒަރަކުން ދެކި ޑރ. ވަހީދުގެ ނިޔަތާމެދު ސުވާލު އުފައްދަމުން އަންނަ ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު