ގެނބެމުން ދިޔަ މީހާ ސަލާމަތްކުރުމުގެ މަސައްކަތުގައި
ގެނބެމުން ދިޔަ މީހާ ސަލާމަތްކުރުމުގެ މަސައްކަތުގައި
އިއްޔެ ހެނދުނު މާލޭގެ ހާބަރު ސަރަހައްދަށް ގެނބެމުން ދަނިކޮށް ސަލާމަތްކުުރި މީހާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ނޯތު ހާބަރު ކައިިރިން ގެނބެމުން ދިޔަ 44 އަހަރުގެ ދިވެހި ފިރިހެން މީހާ ސަލާމަތްކުރީ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ކުރީގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) އެވެ.

އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ގެނބުމުގެ އެ ހާދިސާ ހިނގިއިރު ގިނަ ބަޔަކު ފޯނުން ވީޑިއޯ ކުރުމުގައި ބަލަހައްޓައިގެން ތިބެ، އޭނާ ސަލާމަތް ކުރަން މަސައްކަތް ނުކުރުމުން ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

ގެނބުނު ހާދިސާ ފުލުހުން ވެސް މިހާރު ދަނީ ބަލަމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން