ރައީސް މުއިއްޒަކީ ރައްޔިތުންނަށް ތަރައްގީގެ ފޮނި މީރުކަން ގެނެސްދިނުމަށް ކެތްމަދުވެފައިވާ ވެރިއެއް ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.
މުލަކަތޮޅު މުލީގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މުއްޠަލިބު ވިދާޅުވީ، މުލީ އެއާޕޯޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ފެއްޓެވި މަޝްރޫއެއް ކަމަށެވެ.
ހަމައެއާއެކު ޑރ. މުއްޠަލިބް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު އެއާޕޯޓްގެ ބޮޑު ވޭރިއޭޝަނެއްގެ މަސައްކަތް ނިންމިފައިވި ނަމަވެސް، ޢަމަލީ މަސައްކަތް އޮތީ ގާތްގަނޑަކަށް ހުއްޓިފައިކަމަށެވެ. އެހެންކަމުން މި މަސައްކަތް އަވަހަށް ނިންމުމަށް ރައީސް ޑރ. މުޢިއްޒު ވަރަށް ބޮޑަށް އިރުޝާދު ދެއްވި ކަމަށް މުއްޠަލިބް ވިދާޅުވިއެވެ.
އަދި 2014 ވަނަ އަހަރު ފެށި މުލީ އެއަރޕޯޓްގެ މަސައްކަތް 11 ފަހުން ނިމި، މިއަދު ރައީސުލްޖުމްހޫރިއްޔާގެ ޙައިސިއްޔަތުން ރައީސް މުޢިއްޒު އެއަރޕޯޓް ހުޅުއްވައި ދެއްވާކަމީ މިސަރަޙައްދަށް އިޤްތިޞާދީގޮތުން ހިންދެމިލުމަށް ލިބިގެންދާ ފުރުސަތެއްކަން މުއްޠަލިބް ފާހަގަ ކުރަށްވާފައިވެއެވެ.
“މިއަދު އެއާޕޯޓް ހުޅުވިގެން މިދަނީ، ދިވެހި ރައްޔިތުންނަށް ތަރައްގީގެ ފޮނި މީރުކަން ގެނެސްދިނުމަށް ކެތްމަދުވެފައިވާ ވެރިއެއްގެ މަސައްކަތުން.” ޑރ. މުއްޠަލިބު ވިދާޅުވިއެވެ.
އޭގެ އިތުރުން ވަޒީރު ވިދާޅުވީ މ. އެއާޕޯޓްގެ މަސައްކަތަށް މިހާތަނަށް 540 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށާއި، އެއީ މ. އަތޮޅުގެ އާބާދީއަށް ބަލާއިރު ކޮންމެ ރައްޔިތެއްގެ ބޮލަށް އެއްލައްކައަށްވުރެ ގިނަ ރުފިޔާ ކަމަށެވެ.
އަދި ހަމައެހެންމެ މ. އަތޮޅަކީ ޤުދުރަތީ މުއްސަނދިކަން ވަރަށް ބޮޑަށް ލިބިފައިވާ އަތޮޅެއް ކަމަށާއި، މުލީ އެއާޕޯޓް ވެގެންދާނީ މ. އަތޮޅަށް ފަތުރުވެރިކަމުގެ އެތައް އިންވެސްޓްމެންޓްތަކެއް ގެނެސް، އަތޮޅުގެ ތަރައްގީއަށް މަގުފަހި ކޮށްދޭނެ ދޮރާއްޓަކަށް ކަމަށް މިއަދުގެ ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު