ރާއްޖޭގެ ތަރައްގީއަށް އެހީތެރިކަން ދިނުމުގައި ޗައިނާ އަބަދުވެސް ދެމިއޮންނާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ.
ސަފީރު މިހެން ވިދާޅުވީ، ޗައިނާ ސަރުކާރުން ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކުރުމަށް ހެންވޭރު ބޯޅަ ގޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ސަފީރު ޔޮންގް ޝިންހުއާ ވިދާޅުވީ، ދިވެހީންނަކީ ކުޅިވަރަށާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބައެއްކަން ވަރަށް ބޮޑަށް ފާހަގަވާ ކަމަށެވެ. ހަމައެއާއެކު ރާއްޖެއަކީ ޗައިނާއަށް ވަރަށް މުހިންމު ބައިވެރިއެއްކަން ފާހަގަ ކުރަށްވައި، ރާއްޖޭގެ ތަރައްގީއަށް އެހީތެރިކަން ދިނުމުގައި ޗައިނާ އަބަދުވެސް ދެމިއޮންނާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކުޅިވަރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ ރާފިއު ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ރާއްޖެ ދެކެމުން އަންނަ ހުވަފެންތަކުގައި ކުލަ ޖެއްސުމުގައި ޗައިނާ އަކީ ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ރާއްޖޭގެ ކުޅިވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށް ޗައިނާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު މިސަރުކާރުން ކުޅިވަރާމެދު ގެންގުޅޭ ތަސައްވުރު ޙަޤީޤަތަކަށް ހެދުމުގެ މުހިންމު ބައިވެރިއަކަށް ޗައިނާވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އެހީތެރިކަން އިތުރުވެ، ދެގައުމުގެ ގުޅުން މިހާރަށްވުރެ ބަދަހިވާނެ ކަަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ޗައިނާއިން ރާއްޖެއަށް މިއަދު ހަދިޔާކުރި ކުޅިވަރު ސާމާނުގެ ތެރޭގައި 400 ފުޓްބޯޅަ އާއި އެތުލެޓިކްސްގައި ބޭނުންކުރާ 60 ސްޓާޓިން ބްލޮކާއި 60 ހާޑަލްސްގެ އިތުރުން 1500 ޓޭބަލް ޓެނިސް ބޯޅަ އާއި 300 ރެކެޓާއި، 60 ޓީޓީ މޭޒުގެ އިތުރުން ސްކޯ ބޯޑުތަކާއި ޖަޖުންގެ ގޮނޑިތައް ހިމެނެއެވެ.
މިތަކެއްޗާއި ރާއްޖޭގެ ފަރާތުން ޙަވާލުވެ ވަޑައިގެންނެވީ ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރާފިއު އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ތަކެތި ޙަވާލުކޮށްދެއްވީ ސަފީރު ޔޮންގް ޝިންހުއާއެވެ.

ކިޔުންތެރިންގެ ހިޔާލު