އިންތިޚާބެއްގެ ވޯޓުލުން ކުރިޔަށްދަނީ
އިންތިޚާބެއްގެ ވޯޓުލުން ކުރިޔަށްދަނީ
ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ދަޢުލަތުގެ މީޑިއާ އަށް ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވެފައިވަނި، ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ގިނަ ޢަދަދެއްގެ ކެންޑިޑޭޓުން ކުރިމަތިލާނެތީ އެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން މިހާރު މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ އޭޕްރީލްމަހު އިންތިޚާބު ބޭއްވުމަށް ތާވަލު ކޮށްފައިވާ ކަމަށާއި، އިންތިޚާބުގެ ކުރިން ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްތައް މިހާރު ކުރައްވަމުން ގެންދަވާކަމަށް ޒާހިދު ވިދާޅުވިއެވެ.

އިންތިޚާބު ކުރިއަށް ގެންދިއުމުގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ވަރަށް ބޮޑަށް ހޯއްދަވާނެކަން ފާހަގަ ކުރަށްވަމުން ޒާހިދު ވިދާޅުވީ، އިންތިޚާބުގައި ވޯޓުލުމާއި ގުނުން ފިޔަވައި އެހެން ހުރިހާ ކަމެއް ޑިޖިޓަލްކޮށް ކުރުމުގެ މަސައްކަތްތައްވެސް މިހާރު ކުރައްވަމުންދާ ކަމަށެވެ.

“ކުރަންޖެހޭ މަސައްކަތާއި ޑިޖިޓަލައިޒްކޮށްގެން ކުރާ މަސައްކަތުގެ ތެރެއިން ކޮން ކަމެއްގައިތޯ ޚަރަދުގެ ގޮތުން ކުޑަކޮށް ކިހިނެތްތޯ ކުރެވޭނީ މިކަންކަން ބެލުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ.” އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ޒާހިދު ވިދާޅުވީ އިންތިޚާބީ މަސައްކަތްތަކަށް މީގެކުރިން ބޭނުންކުރި ބާޖަމާލުއްދީނާއި، ދަރުބާރުގެ މިހާރު ބޭނުން ކުރެވެން ނެތުމުން އިންތިޚާބާބެހޭ މަރުކަޒެއް ހޯދުމުގެ މަސައްކަތްވެސް ކުރަށްވަމުން ގެންދަވާ ކަމަށެވެ. އަދި ވީހާވެސް ޚަރަދު ކުޑަކޮށް އިންތިޚާބު ކުރިއަށް ގެންދެވޭނެ ގޮތެއް ހޯއްދަވަމުން ގެންދަވާ ކަމަށްވެސް ޒާހިދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން