ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމި ފްލެޓް ލިސްޓަށް ހުށަހެޅި ޝަކުވާތައް މި މަހުގެ ނިޔަލަށް ބަލައި ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ހައުސިންގ މިނިސްޓްރީން ބުނީ، ގެދޮރުވެރިޔާ ސްކީމްގެ 4000 ޔުނިޓް ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ދިން ދޮޅު މަހުގެ މުއްދަތު އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ހަމަވިއިރު 8602 ޝަކުވާ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.
4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އަލުން ބަލަން ނިންމީ، ފްލެޓް ލިބުނު މީހުންގެ ތެރޭގައި ޝަރުތު ހަމަނުވާ ގިނަ ބަޔަކު ހިމެނޭކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަޙުޤީހުން ހާމަވުމާ ގުޅިގެންނެވެ.
ފުލެޓް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ. އިމާރާތްކުރުމާ ގެދޮރިވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ، މަސައްކަތް ކުރަމުންދަނީ މި މަސް ނިމުމުގެ ކުރިން ހުރިހާ ޝަކުވާތައް ބަލާ ނިންމުމަށް ކަމަށެވެ.
ހައުސިން މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ލިސްޓަށް ޕޯޓަލް މެދުވެރިކޮށް 5،236 ޝަކުވާ ހުށަހަޅާފައިވާއިރު، 2،840 ޝަކުވާ އީމެއިލުން އަދި ސިޓީ މެދުވެރިކޮށް 526 ޝަކުވާ ހުށަހަޅާފައިވެއެވެ.
ގެދޮރުވެރިޔާ ފްލެޓް ސްކީމްގެ އެންމެ އަސާސީ ޝަރުތަކީ މާލޭގައި މެދުނުކެނޑި 15 އަހަރު އުޅެފައިވުމެވެ.

ކިޔުންތެރިންގެ ހިޔާލު