ކަނޑުމަގުން ބޯޓެއްގައި ރާއްޖެއަށް އެތެރެ ކުރަން އުޅުނު 7 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލައިފިއެވެ.
މާރޗް މަހުގެ 21 ވަނަ ދުވަހު ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގެން ބޯޓަކީ "މުތާ ޑައިމަންޑް" ކިޔާ ބޯޓެކެވެ. މި މައްސަލާގައި ހައްޔަރުކުރީ 10 ބިދޭސީންނެވެ. އޭގެ ތެރޭގައި އިންޑިއާއަށް ނިސްބަތްވާ 7 މީހުންނާއި އިންޑޮނޭޝިއާއަށް ނިސްބަތްވާ 3 މީހުން ހިމެނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓު މިހާރު ވަނީ ދޫކޮށްލާފަ އެވެ. ބޯޓު ދޫކޮށްލުމާއެކު ބައެއް ފަޅުވެރިންނާއެކު ބޯޓު ވަނީ ފުރައިގެން ގޮސްފައެވެ. ނަމަވެސް ބޯޓުގެ ސީސީޓީވީ ފުޓޭޖް، ތަހުގީގަށް ވަނީ ހޯދާފައެވެ.
މި މައްސަލާގައި މީގެކުރިން ދޫކޮށްލި މީހެއްގެ މައްސަލަ ދައުލަތުން އިސްތިއުނާފު ކޮށްފައިވާއިރު، ބައެއް މީހުންގެ ބަންދު މުއްދަތު މިހަފްތާގައިވެސް އިތުރު ކޮށްފައިވެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މިމީހުންނަށް ވަކީލުން ހަމަޖައްސައިދޭން ޖެހުނީ ދައުލަތަށެވެ.

ކިޔުންތެރިންގެ ހިޔާލު