ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކި މައްސަލައެއްގައި ފެނަކައިގެ އެކައުންޓުގައި ހުރި ފައިސާއިން ކޯޓުން ކުންފުންޏަކަށް ފައިސާ ނަގައިދީފިއެވެ.
ސިވިލް ކޯޓުން މިދިޔަ އަހަރުގެ މޭ މަހުގެ 19 ވަނަ ދުވަހު ވަނީ ފެނަކައިގެ މައްޗަށް 30 ދުވަހުގެ ތެރޭގައި އަލްޓެކަށް ދައްކަން ޖެހޭ ފައިސާ ދައްކާ ހަލާސްކުރުމަށް ހުކުމްކޮށްފައެވެ.
އެހެންނަމަވެސް ފެނަކައިން މި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން އަލްޓެކުން މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ސިވިލް ކޯޓަށް ފޮނުވި މެއިލްގައި ބުނެފައިވަނީ، ފައިސާ ދައްކަން ކޯޓުން ދިން މުއްދަތު ހަމަވިތާ 6 މަސް ފަހުން، އެއަހަރުގެ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހާ ހަމައަށް ފެނަކައިން އެކުންފުންޏަށް ދެއްކީ 597،906 ރުފިޔާ ކަމަށެވެ.
އެހެންކަމުން ސިވިލް ކޯޓުން ވަނީ ބާކީ ނުދައްކާ އޮތް 146،410 ރުފިޔާ ބީއެމްއެލްގައި އޮތް ފެނަކައިގެ އެކައުންޓުން ނަގައި އަލްޓެކަށް ރައްދުކުރުމަށް ކޯޓު އަމުރަކުން އަންގާފައެވެ.
ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކި މިމައްސަލާގައި ފެނަކައިގެ އެކައުންޓުގައި ހުރި ފައިސާއިން ކޯޓުން އަލްޓެކަށް ފައިސާ ނަގައިދީފައިވާއިރު، މިސަރުކާރުން ފެނަކައާއި ހަވާލުވިއިރު އާންމު ފަރާތްތަކާއި ކުންފުނިތަކަށް އެކަނިވެސް 1.7 ބިލިއަން ރުފިޔާ ދައްކަން ޖެހިފައި އޮތް ކަމަށާއި އޭގެ ތެރެއިން 300 މިލިއަން ރުފިޔާ ދައްކާ ޚަލާސް ކޮށްފައިވާ ކަމަަށް އެކުންފުނިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު