ޒައިދާން
ޒައިދާން
ސައްހަ ނޫން ސްލިޕް ފޮނުވައިގެން ތަކުރާރުކޮށް ސްކޭމް ކުރަމުން ދިޔަ މީހަކު ހައްޔަރުކޮށްފި އެެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ގ. ސިނަމާލެ 1 05-13 / މާލެ، ޒައިދާން މުހައްމަދު ހާޝިމް އެވެ.

ފުލުހުން ބުނީ ޒައިދާން އެކި ދުވަސް މަތިން "ފުޑީސް ޑެލިވަރީ" އަށް ކާބޯތަކެއްޗަށް އޯޑަރުކޮށް، ހިދުމަތް ހޯދުމަށްފަހު ފައިސާ ދެއްކި ކަމަށް ބުނެ އަސްލު އޮޅުވާލައިގެން ސައްހަ ނޫން ސްލިޕްތަކެއް ހަދައި "ފުޑީސް ޑެލިވަރީ" އަށް ފޮނުވާފައިވާ ކަމަށެވެެ.



މަކަރާއި ހީލަތުގެ ކުށުގެ އަމަލު ހިންގާފައިވާ ކަމުގެ ކުށުގެ ރެކޯޑު އޭނާގެ އޮންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ޒައިދާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން