ތިނަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޢަބްދުﷲ ސަނީފް (ސަންނަ)
ތިނަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޢަބްދުﷲ ސަނީފް (ސަންނަ)
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއެކު ތިނަދޫ ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދާނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޢަބްދުﷲ ސަނީފް (ސަންނަ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ޢިމާރާތް ކުރުމުގެ ވަޢުދަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ. މިވަޢުދު ފުއްދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް ޢިމާރާތްކުރުމަށް ކޮންޓްރެކްޓަރެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އިޢުލާނު ކޮށްފައެވެ.

އެކަމާ ގުޅިގެން މެމްބަރު ސަނީފް ވިދާޅުވީ، ތިނަދޫ ޓާޝަރީ ހޮސްޕިޓަލްގެ ވަޢުދަކީ ތިނަދޫއަށްޓަކާ ތިނަދޫ ރައްޔިތުންގެ ކުރިމަތީގައި ވެވަޑައިގެންފައިވާ ވަޢުދެއް ކަމަށާއި، ރައީސް ޞާލިޙް ތިނަދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވާނެ ކަމުގެ ޔަޤީންކަން މި ބަލިމަޑުކަމުގެ ދަތި އުނދަގޫ ވަގުތުވެސް މިދަނީ ހާމަވަމުން ކަމަށެވެ.

އަދި "ރައީސް ޞާލިޙާއެކު ވަޢުދުތައް ފުއްދާނެ" ކަމަށް ސަނީފް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އިމާރާތްކުރުމަށް ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާ ނުވަތަ 100 ޑޮލަރު ރެޖިސްޓްރޭޝަން ފީގެ ގޮތުގައި ދައްކަން ޖެހެއެވެ. އަދި ރެޖިސްޓަރ ކުރުމުގެ ފުރުސަތު އޮންނާނީ ސެޕްޓެމްބަރު 13 އިން ފެށިގެން އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ސެޕްޓެމްބަރު 14 އިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ބިޑިން ޑޮކިއުމަންޓް ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން