ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ (މ.)
ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ (މ.)
މި އުޅެނީ މި ސަރުކާރު ވައްޓާނުލެވިގެން ބަޔަކު ލޮލަށް ނިދިނައިސްގެން ކަމަށް ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރުމަށްކަމަށް ބުނެ ކޯވިޑް-19ގެ ބަލިމަޑުކަމުގެ މިދުވަސްވަރު މާލޭގައި އެއްވުންތައް ބާއްވައި މަގުތައް ހަލަބޮލި ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކުރަށްވައި އިބްރާހިމް ދީދީ ވިދާޅުވީ، ސަރުކާރެއް ވެއްޓިގެން އެކަމުގެ ފައިދާ އެއްވެސް ބަޔަކަށް ނުކުރާނެ ކަމަށެވެ.

ރިޓަޔަރޑް ޑީޑީ ވިދާޅުވީ، ސަރުކާރު ވެއްޓުމުން އެކަމުގެ ނިކަމެތިކަން ލިބޭނީ ރައްޔިތުންނަށް ކަމަށެވެ. އަދި ރައީސް ޞާލިޙްގެ މިސަރުކާރު މަގުމަތިން ވައްޓާނުލެވޭނެ ކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.

"ސަރުކާރު ވައްޓާނުލެވިގެން ތެޅިފޮޅެނީ ބަޔަކު. ސިފައިންނާއި ފުލުހުންގެ ހިތުގައި ނަފްރަތު އުފައްދަން މިހުރިހާ ގޭހެއް މި އަނބުރަނީ. ﷲ އިރާދަކުރެއްވިއްޔާ އެކަމެއް ނުވާނެ. މި ޤައުމު މިނިވަންކަންމަތީ އޮންނާނެ. އިންޝާﷲ." ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިބި ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ގެއްލޭނެ ކަމަށް ބުނެ އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން އިބްރާހިމް ދީދީ ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި އިންޑިއާއިން ހަދިޔާކުރި ދެ ހެލިކޮޕްޓަރ އޮންނައިރު އެއް ހެލިކޮޕްޓަރު އޮންނަނީ އައްޑު އަތޮޅު ގަމުގައެވެ. އަދި އަނެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ލ. ކައްދޫގައެވެ. މި ދެހެލިކޮޕްޓަރު ދުއްވާ ބަލަހައްޓަނީ ފެށުނީއްސުރެ އިންޑިއާ ސިފައިންނެވެ. ރާއްޖޭގެ ސިފައިންނަށް ހެލިކޮޕްޓަރ ދުއްވަން ދަސްނުކޮށްދޭތީއާއި ދެ ހެލިކޮޕްޓަރު ބަލަހައްޓަން ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ އިދިކޮޅު ފަރާތްތަކުން މިހާރު ފާޑުކިޔަމުން ގެންދިއަ ނަމަވެސް އިދިކޮޅު ފަރާތްތަކުން ސަރުކާރުގައި ތިބިއިރު އެކަމަށް ފާޑުކިޔާ އެކަމާއި ދެކޮޅު ކެމްޕޭނެއް ހިންގާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން