ލަދު ހަޔާތް ކެނޑިގެން ނޫޅުމަށް ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ޞާލިޙް އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއްރަހީމް (އަދުރޭ) އަށް އަންގަވައިފިއެވެ.
އިދިކޮޅު ކޯލިޝަނުގެ ޖޫރިމަނާތައް ދެއްކުމަށް އިއްޔެ ހަވީރު "ހައްގު ފޮށި" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނީ އިމުގެ ބޭރުން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ޞާލިހް ވިދާޅުވީ "ލަދު ހަޔާތުގެ ކަންފުޅެއް ހުއްޓަސް" އެފަދަ މޭރުމަކަމުން އަދުރޭ ވާހަކަ ނުދައްކަވާނެ ކަމަށެވެ. އަދި ނިމިދިޔަ ވެރިކަމުގައި އަދުރޭ އޮންނެވީ ކޯމާއެއްގައިތޯ ވެސް އަލީ ޞާލިހް ސުވާލު ކުރެއްވިއެވެ. އޭރުގެ ވެރިކަމުގެ ދުވަސްވަރު ހައްޔަރު ކުރި ސިޔާސީ ލީޑަރުންނާއި މަޖިލިސް މެންބަރުންނާއި ފަނޑިޔާރުން ހައްޔަރުކުރީ ގާނޫނުގެ ކޮން މާއްދާއަކުން ބާރު ލިބިގެންތޯ ވެސް އަލީ ޞާލިހް ސުވާލު ކުރެއްވިއެވެ.
ސިޔާސީ ޕޯޑިއަމްތަކުގައި ފާޅުކުރެއްވި ހިޔާލަކާ ގުޅިގެން އޭރު އިދިކޮޅު ލީޑަރުންގެ ގޮތުގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހައްޔަރު ނުކުރަންތޯ ވެސް އަލީ ޞާލިހް ސުވާލު ކުރެއްވިއެވެ.
އަދި ރައްޔިތުންގެ މަޖިލިސް ހިސާރުކޮށް މަޖިލީހުގެ 12 މެންބަރަކު ހައްޔަރު ނުކުރަންތޯ އާއި، ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ސުޕްރީމް ކޯޓުގެ "ފުރާޅުން ޓިނު ނަގައިގެން" ފަނޑިޔާރުން ހައްޔަރު ނުކުރަންތޯ ވެސް ސުވާލު ކުރެއްވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ސިޔާސީ ފަރާތްތައް ހައްޔަރުނުކުރާ ކަމަށް އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ގައުމުގެ މިނިވަންކަން ގެއްލޭ ގޮތަށް ކުރައްވަމުން ގެންދަވާ މުއާމަލާތްތައް ބަލާނެ ކަމަށް ވިދާޅުވުމަށް ފަހުގައެވެ.
އަލީ ޞާލިޙް ވިދާޅުވީ މި ސަރުކާރުން ސިޔާސީ ލީޑަރަކު ގާނޫނާއި ހިލާފަށް ޖަލުގައި ބަހައްޓާފައި ނެތް ކަމަށާއި ނުކުރާ ކުށަކަށް ވެސް އަދަބެއްދީފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު