ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ކުރިއަށް އޮތް 4 އަހަރު ތެރޭގައި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީއަށް އަރާފާނެކަމަށް އދ އިން ބުނެފިއެވެ.
އދ ގެ ދަށުން ހިންގާ ވޯލްޑް މީޓިއޮރޮލޮޖިކަލް އޮގަނައިޒޭޝަން (ޑަބްލިއުއެމްއޯ) އިން ބުދަ ދުވަހު ނެރުނު އަހަރީ މޫސުމީ އަޕްޑޭޓްގައި ބުނެފައިވަނީ 2025 އާއި 2029 އާ ދެމެދު ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން ޕެރިސް އެއްބަސްވުމުގައި ކަނޑައަޅާފައިވާ 1.5 ޑިގްރީ ސެލްސިއަސް ބެންޗްމާކަށް ވުރެ އިތުރުވުމުގެ ފުރުސަތު 70 އިންސައްތަ އާއި ގާތް ކުރާ ކަމުގެ ބިރު އޮތް ކަމަށެވެ.
ޑަބްލިޔުއެމްއޯ އިން ލަފާކުރާ ގޮތުގައި ކުރިއަށް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ ފިނިހޫނުމިން ޕްރީ އިންޑަސްޓްރިއަލް ލެވެލް އަށް ވުރެ 1.2 ޑިގްރީ ސެލްސިއަސް އާއި 1.9 ޑިގްރީ ސެލްސިއަސް އާއި ދެމެދުގައި ހުރުން އެކަށީގެންވެއެވެ. އަދި މިފަހުން ރެކޯޑްކުރެވުނު އެންމެ ހޫނު އަހަރަކީ 2024 ވަނަ އަހަރުކަމަށް ވީނަމަވެސް، ކުރިއަށް އޮތް މަދު އަހަރެއް ތެރޭގައި އެންމެ ހޫނު ގަދަ އަހަރުގެ ފަހުގެ ރިކޯޑް މުގުރާލުމުގެ ފުރުސަތު 80 އިންސައްތަ އާއި ގާތްކުރާކަމަށްވެސް ޑަބްލިޔުއެމްއޯ ލަފާކޮށްފައިވެއެވެ.
މީގެއިތުރުން، ޑަބްލިއުއެމްއޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކޯ ބެރެޓް ވިދާޅުވީ ފާއިތުވި 10 އަހަރަކީ މިހާތަނަށް ރެކޯޑް ކުރެވިފައިވާ އެންމެ ހޫނު 10 އަހަރު ކަމަށެވެ.
ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި، ހޫނު މިން މައްޗަށް ދިއުމާއި، ރަށްގިރުމާއި، އައިސް ވިރުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ނުރައްކާތައް ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވަމުންދާކަމަށް ބުނެ ސައިންސްވެރިން ވެސް ދަނީ އިންޒާރުދެމުންނެވެ. އަދި ދުނިޔޭގެ ފިނިހޫނުމިން މަތިވަމުންދާ ވަރަކަށް ދުނިޔޭގެ އެންމެ ފިނި ސަރަހައްދު، އާކްޓިކް ހަލުވިކަމާއެކު ހޫނުވަމުންދާއިރު، ދެކުނު އޭޝިއާ އާއި އުތުރު ޔޫރަޕް ފަދަ ސަރަހައްދުތަކަށް ވާރޭވެހުން އިތުރުވެދާނެ ކަމަށް ވެސް ސައިންސްވެރިން ލަފާކުރެއެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތައް ހައްލުކުރުމަށް އޮތް ހަމައެކަނި މަގަކީ ފޮސިލް ފިއުލް ބޭނުންކުރުން ދަށްކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު