އެހީ ހޯދަން ދިޔަ ބަޔަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާގައި ފަލަސްތީނުވެ 10 މީހުން މަރާލައި، 100 އެއްހާ މީހުން ޒަހަމްކޮށްލާފައިވާކަމަށް ޣައްޒާގައި ހަރަކާތްތެރިވާ ރެސްކިއުޓީމުތަކުން ބުނެފިއެވެ.
ޣައްޒާގައި ހަރަކާތްތެރިވާ ރެސްކިއުޓީމުތަކާ ހަވާލާދީ ބޭރުގެ މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާގޮތުން މިހަމަލާ ދީފައިވަނީ މިއަދު އެހީ ހޯދުމަށް އެއްވި ފަލަސްތީނުގެ ބަޔަކާ ދިމާކޮށެވެ. މިހަމަލާ އަމާޒުވިއިރު މީހުން އެއްވަމުންދިޔައީ އެމެރިކާގެ އެހީގައި ޣައްޒާއަށް އެތެރެކޮށްފައިވާ އިންސާނީ އެހީގެ ތަކެތި ހޯދުމަށް ކިއުއަށް އެރުމަށެވެ.
މިހަމަލާ އާއި ގުޅިގެން ޣައްޒާގެ ސިވިލް ޑިފެންސް ސްޕޯކްސްމަން މަހްމޫދު ބައްސާލް ވިދާޅުވީ، އިސްރާއީލުން ދިން ބަޑީގެ ހަމަލާގައި ފަލަސްތީނުވެ 10 މީހުން މަރާލައި، 100 އަށްވުރެއް ގިނަ މީހުން ޒަހަމްކޮށްލާފައިވާކަމަށެވެ. އަދި އިސްރާއީލު މީހުން ހަމަލާ ދިން އިރު ހާހެއްހާ މީހުން ހުޅަނގު ރަފާގެ ސަރަހައްދުގައި ހުރި ޔޫއެސް އެއިޑް ސައިޓުތަކުން އެހީ ހޯދުމަށް އެއްވަމުންދިޔަ ކަމަށް މަހްމޫދު ބައްސާލް ވިދާޅުވިއެވެ.
އިސްރާއީލުން މިއަދު މިހަމަލާ ދީފައިމިވަނީ އިސްރާއީލުން އަޅަމުންދާ ހުރަސްތަކާއެކު، ޣައްޒާއަށް އެހީ ލިބުން ދަތިވެ، ކާބޯތަކެއްޗަށް ޖެހި، ޣައްޒާގެ އެތަކެއް ބަޔަކު ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު