ގދ. ފިޔޯރީގެ ތަރައްގީއަށް ކުރަންހުރި މަސައްކަތްތައް އަވަސް ސްޕީޑުގައި ގެންދިޔުމަށްޓަކައި ހައްލުކުރަންޖެހޭ ކަންކަން ހައްލު ކޮށްދެއްވަން އިސްކަމެއް ދެއްވާނެކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މި ޔަގީންކަން ދެއްވީ ފިޔޯރީ ކައުންސިލާއެކު މިއަދު ބޭއްވި ޙުސައިން ބައްދަލުވުމެއްގައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުންވަނީ މިވަގުތު އެ ރަށަށް ބޭނުންވެފައިވާ މުހިންމު މައްސަލަތައް ހިއްސާ ކުރައްވާ ނައިބު ރައީސްއާ އެކު މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.
ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރި މުހިންމު ކަންކަމުގެ ތެރޭގައި، ރަށުގެ ޒުވާނުން މިހާރު ފުޓްސަލް ކުޅުމަށް ބޭނުންކުރަމުންދާ ދަނޑުގެ އަޕްގްރޭޑިންގެ މަސައްކަތްތަކާއި ރަށާ އިންވެގެންވާ ފަޅުރަށްތައް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ލަސްނުވެ ނިންމައިދިނުން ހިމެނެއެވެ. ކައުންސިލުން ބުނެފައިވަނީ މި ކަންކަމަކީ ރަށުގެ ތަރައްގީއަށާއި ޒުވާނުންގެ ކުރިއެރުމަށް މިވަގުތު ވަރަށް ވެސް މުހިންމުވެފައިވާ ކަންކަން ކަމަށެވެ.
އެހެންކަމުން އެކަންކަން އަވަސް ކޮށްދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ނައިބު ރައީސް އަރިހުން ކައުންސިލުން ވަނީ އެދިފައެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ޙުސައިން ވަނީ، ކައުންސިލްގެ ރައީސާއި މެންބަރުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި އެކަންކަން ދާގޮތް ބައްލަވާނެ ކަމަށާއި ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަމުގެ ޔަގީންކަން ނައިބު ރައީސް ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު