ޣައްޒާގެ ހުޅަނގު އުތުރުގެ ސަރަހައްދު ދޫކޮށް ދިއުމަށް އިސްރާއީލުން އަމުރުކޮށްފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން މިއަމުރު ނެރިފައިވަނީ، ޣައްޒާގެ ހުޅަނގު އުތުރުން ރޮކެޓް ހަމަލާތައް ދެމުންދާ ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާ ދޭން ތައްޔާރުވަމުންދާތީ ކަމަށް ބުނެފައިވެއެވެ. އިސްރާއީލުން ވަނީ އެމީހުންނަށް ރޮކެޓު ހަމަލާ ފޮނުވާ ހުރިހާ ސަރަހައްދަކަށް އަމާޒުކޮށް ހަމަލާ ދޭނެކަމުގެ އިންޒާރުދީފައެވެ.
އިސްރާއީލުން ބުނީ ރޮކެޓް ހަމަލާ ދޭ ޣައްޒާގެ ސަރަހައްދުތައް ހުސްކުރަން އެންގީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން އިސްރާއީލުން ވަނީ ޣައްޒާގެ ހުޅަނގު އުތުރުގެ ސަރަހައްދުތައް ދޫކޮށް ޣައްޒާގެ ދެކުނުގެ ސަރަހައްދުތަކަށް ދެވޭނެކަމަށް ބުނެފައެވެ.
ޣައްޒާގެ ހުޅަނގު އުތުރުގެ ސަރަހައްދު ދޫކޮށް ދިއުމަށް އިސްރާއީލުން އިއްޔެ ނެރުނު މި އަމުރު ނެރެފައިވާއިރު، ޣައްޒާގެ ރައްޔިތުންނަށް އިސްރާއީލުން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް ދަނީ ހުރަސްއަޅަމުންނެވެ،
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ރިޕޯޓްކުރާ ގޮތުގައި އެހީގެ ތަކެތި ލިބުން ދަތިވެ، ސިއްހީ އެހީ ފޯރުކޮށްދިނުމަށްވެސް ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ހޮސްޕިޓަލްތަކަށް ކަރަންޓު ދޭ ޖަނަރޭޓަރުތަކަށް ބޭނުން ކުރާ ތެޔޮ ހުސްވެދާނެކަމުގެ ބިރުއޮތްކަމަށާއި، ތެޔޮ ހޯދުމަށް ތެޔޮ ރައްކާކުރާ ސަރަހައްދުތައް އަދިވެސް ބަންދުކޮށްފައިވާކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން ސަލާމަތީ ނުރައްކާތަކާހެދި ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަނުން ވަނީ އެހީ ބެހުން މެދުކަނޑާލާފައެވެ. ނަމަވެސް އެހީ ބެހުން ހުއްޓާލަން ޖެހޭވަރުގެ ނުރައްކަލެއް ނެތްކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ.
އިސްރާއީލުން އަޅަމުންދާ ހުރަސްތަކުގެ ސަބަބުން ޣައްޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން ގިނަ މީހުންނަށް ބަނޑުހައިހޫނުކަން ތަހަމައްލު ކުރަން މަޖުވެފައިވާކަމަށްވެސް އދ އިން ވަނީ ބުނެފައެވެ. އިސްރާއީލުން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެހީ ފޯރުކޮށްދޭން ޖެހޭ މިންވަރާ ގާތަށްވެސް އެހީ ފޯރުނުކޮށްދެވޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު