ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު (ކ). އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން (ވ).
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު (ކ). އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން (ވ).
ރައީސް ޢަބްދުﷲ ޔާމީންގެ މުދާ ވިއްކައިގެން ވިޔަސް ދަޢުލަތުން ގެއްލުނު ފައިސާ އަނބުރާ ހޯދަންޖެހޭ ކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓް ފްރީޒް ކުރި މައްސައިގެ އަޑުއެހުމެއް ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވުމަށް ތާވަލު ކުރުމާއި ގުޅިގެން މެމްބަރު ނިހާދު ވިދާޅުވީ އެކައުންޓް ފްރީޒްކުރުމުން ނުނިމޭ ކަމަށާއި، ރައީސް ޔާމީންގެ މުދާ ވިއްކައިގެން ވިޔަސް ދަޢުލަތުން ގެއްލުނު ފައިސާ އަނބުރާ ހޯދަންޖެހޭ ކަމަށެވެ.

މިކަމާ ގުޅިގެން "ރަސް އޮންލައިން" އާއި ވާހަކަދައްކަވަމުން މެމްބަރު ނިހާދު ވިދާޅުވީ، "މިނިވަން މުއައްސަސާތަކާއި، ކޮމިޝަންތަކާއި، ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން ޤާނޫނީ ޒިންމާ އަދާކުރުމުގައި އަވަސް ވާން ޖެހޭކަމަށާއި، އެހެން ނޫންނަމަ ޤާނޫނު ތަންފީޛު ކުރުން ލަސްވުމުގެ ޒިންމާ ރައީސުލް ޖުމްހޫރިއްޔާ ނަންގަވަން ޖެހޭނެ" ކަމަށެވެ. އަދި މީޑިއާތައް މެދުވެރިކޮށް ޕްރެޝަރ ކޮށްގެން ނަމަވެސް ތަންފީޛީ އިދާރާތަކުގެ ނިންމުންތައް އަވަސް ކުރުވަން ޖެހޭ ކަމަށް ނިހާދު ވިދާޅުވިއެވެ.

މީގެ އިތުރުން ނިހާދު ކުރެއްވި ޓްވީޓެއްގައި ވަނީ، ޤާނޫނީ ޒިންމާ އަދާކުރުމުގައި ފަހަތުފަޔަށް ބުރަނުވެ ނިންމުންތައް އަވަސް ކުރުމަށް ގޮވާލައްވާފައެވެ. އަދި އިންސާފު ލިބުން ލަސްވުމުން ބަދުނާމް ވަނީ ސަރުކާރު ކަމަށާއި، އެހެން ނުހައްދަވާ ދަޢުލަތުން ގެއްލިފައިވާ ފައިސާ ހޯދުން އަވަސްކުރުމަށް ނިހާދު ވަނީ އިލްތިމާސް ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ހާމިދު ހުސައިން

17-Sep-2020

ރަންގަޅު އެފައިސާ މިހާރު ފެންނަން ނުހުންނާނެ އެހެންވެ ތިގޮތަށް ވެސް ރަނގަޅު ހޯދަން ޖެހޭ



ޓްރެންޑިން