މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަކީ "ސިޔާސީ ހަށިވިއްކުން" ރާއްޖެއަށް ތަޢާރަފުކުރައްވައި ޕާޓީ ނިޒާމު ފުނޑައިލެއްވި ބޭފުޅެއްކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ޞިއްދީޤް ވިދާޅުވެއްޖެއެވެ.
"އިންޑިޔާ އައުޓް" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދާ ޙަރަކާތްތަކަށް ފާޑުވިދާޅުވެ، ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ގެ ފޮޓޯއަކާއެކު "އަދުރޭ އައުޓް" ޖައްސަވައި އަލްހާން ވަނީ ޓްވީޓެއް ކުރަށްވާފައެވެ. އަދި އިންޑިއާ އައުޓް ކުރުމުގެ ކުރިން ކުރީގެ ރައީސް ޔާާމިނު ޢަބްދުލްޤައްޔޫމް "އައުޓް ވީ ގޮތް" ހޯދާ އިންސާފުވެރި ޝަރީޢަތެއް ހޯދުމަށް އަލްހާން ވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައެވެ.
އެކަމާ ގުޅިގެން ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ ސިއްދީޤް ވިދާޅުވީ، "މާލޭ ގެ މޭޔަރަކަށް އަލްހާން ފަހުމީ ކުފޫ ހަމަނުވޭ. ރާއްޖޭގައި ސިޔާސީ ހަށިވިއްކުން ތަޢާރަފްކޮށް ޕާޓީ ނިޒާމު ފުނޑާލި އެކަކީ ތިޔަ އަލްހާން. އެއާ ޚިލާފަށް އަބްދުއްރަޙީމް އަކީ ޣައްދާރުންގެ އަތުން ޤައުމު މިނިވަން ކުރަން ޖާނު ޤުރުބާން ކުރަމުންދާ މުޖާހިދެއް." ކަމަށެވެ.
ސިއްދިޤުގެ ވާހަކަތަކަށް ރައްދު ދެއްވައި އަލްހާން ވިދާޅުވީ، ސިއްދީޤަކީ ސިޔާސީ ކޮސް ބޭފުޅެއްކަމަށާއި ”ސޫޑޯ ޕޮލިޓިކްސް“ އަށް ރާއްޖޭގައި ފުރުސަތު އޮންނަ އޮތުމަކީ ހިތާމަހުރިކަމެއްކަމަށެވެ.
އަދި "އަމިއްލަ ނަފްސު ވަކި ވިސްނުމެއްގައި ފިތި ބާރުވެ ކަސްތޮޅު އެޅިފައިވާ މީހުންނަށް ބަޔަކަށް މިނިވަންކަމުގެ މަގު ދެއްކޭނެތޯ." ވެސް އަލްހާން ވަނީ ސުވާލުކުރައްވާފައެވެ.
އަލްހާން އަކީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އެންމެ ގިނައިން ޕާޓީ ބަދަލު ކުރެއްވި އެއް ފަރާތެވެ. އަދި ފާޅުގައި ސިޔާސީ ހުރިހާ ފަރާތްތަކަށް ފާޑު ވިދާޅުވެ، މައްސަލަތަކަށް އެޑްރެސްކުރަށްވާ މަދު ބޭފުޅުންގެ ތެރޭގައި އަލްހާން ހިމެނެއެވެ. 2009 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ރައީސް މައުމޫންގެ ތާއީދާއެކު ޑިއާރުޕީގެ ޓިކެޓްގައި އިންތިޚާބު ވުމަށްފަހު އަލްހާން ވަނީ އޭރު ސަރުކާރުގައިއޮތް އެމްޑީޕީ އާ ގުޅިވަޑައިގެންފައެވެ. އެއީ ރާއްޖެއަށް ޕާޓީ ނިޒާމް ތަޢާރަފްވީ ފަހުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިނތިޚާބީ ޙައިސިއްޔަތު ބަދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. އަލްހާންގެ ސިޔާސީ ޙަޔާތުގައި އޭނާ ވަނީ، ޑީއާރުޕީ، އެމްޑީޕީ، ޖޭޕީ އަދި ޕީޕީއެމްގައިވެސް މަސައްކަތް ކުރަށްވާފައެވެ.
އަލްހާން ވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް މާލޭގެ ގޮނޑިއަކަށް ވާދަކުރައްވާފައެވެ. ނަމަވެސް އޭނާއަށް ގޮނޑި ކާމިޔާބުވާ ގޮތެއް ނުވިއެވެ. މިހާރު އޭނާ ގެންދަވަނީ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވައި ކެމްޕޭންވެސް ކުރަށްވަމުންނެވެ.
ކޯވިޑް-19 ގެ މިޙާލަތުގައި އިދިކޮޅު ޕީޕީއެމް އިން ކުރިއަށް ގެންދާ މަގުމަތީގެ ޙަރަކާތްތަކަށް ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ. އަދި އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން މިނިވަން ކުރުމަށް ސީރިއަސް މަސައްކަތްތަކެއް ނުކުރާކަމުގެ ކަންބޮޑުވުން އެޕާޓީގެ ޢާއްމު މެމްބަރުންނާ ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވާ ބައެއް ފަރާތްތަކުން ގެންދަވަނީ ފާޅު ކުރަށްވަމުންނެވެ.

މިކަހަލަ ސިޔާސީ #ކޮސް ބޭފުޅުންގެ #ސޫޑޯޕޮލިޓިކްސް އަށް މިރާއްޖޭގައި ފުރުސަތު އޮންނަ އޮތުމަކީ ހިތާމަހުރި ކަމެއް!
— 𝗔𝗹𝗵𝗮𝗻 𝗙𝗮𝗵𝗺𝘆 - 𝗔𝗙 (@AlhanFahmy) September 14, 2020
އަމިއްލަ ނަފްސު ވަކި ވިސްނުމެއްގައި ފިތި ބާރުވެ ކަސްތޮޅު އެޅިފައިވާ މީހުންނަށް ބަޔަކަށް މިނިވަންކަމުގެ މަގު ދެއްކޭނެތޯ؟ https://t.co/HJivT0PYFM
ސިއްދިޤުގެ ވާހަކަތަކަށް ރައްދު ދެއްވައި އަލްހާން ވިދާޅުވީ، ސިއްދީޤަކީ ސިޔާސީ ކޮސް ބޭފުޅެއްކަމަށާއި ”ސޫޑޯ ޕޮލިޓިކްސް“ އަށް ރާއްޖޭގައި ފުރުސަތު އޮންނަ އޮތުމަކީ ހިތާމަހުރިކަމެއްކަމަށެވެ.
އަދި "އަމިއްލަ ނަފްސު ވަކި ވިސްނުމެއްގައި ފިތި ބާރުވެ ކަސްތޮޅު އެޅިފައިވާ މީހުންނަށް ބަޔަކަށް މިނިވަންކަމުގެ މަގު ދެއްކޭނެތޯ." ވެސް އަލްހާން ވަނީ ސުވާލުކުރައްވާފައެވެ.
އަލްހާން އަކީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އެންމެ ގިނައިން ޕާޓީ ބަދަލު ކުރެއްވި އެއް ފަރާތެވެ. އަދި ފާޅުގައި ސިޔާސީ ހުރިހާ ފަރާތްތަކަށް ފާޑު ވިދާޅުވެ، މައްސަލަތަކަށް އެޑްރެސްކުރަށްވާ މަދު ބޭފުޅުންގެ ތެރޭގައި އަލްހާން ހިމެނެއެވެ. 2009 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ރައީސް މައުމޫންގެ ތާއީދާއެކު ޑިއާރުޕީގެ ޓިކެޓްގައި އިންތިޚާބު ވުމަށްފަހު އަލްހާން ވަނީ އޭރު ސަރުކާރުގައިއޮތް އެމްޑީޕީ އާ ގުޅިވަޑައިގެންފައެވެ. އެއީ ރާއްޖެއަށް ޕާޓީ ނިޒާމް ތަޢާރަފްވީ ފަހުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިނތިޚާބީ ޙައިސިއްޔަތު ބަދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. އަލްހާންގެ ސިޔާސީ ޙަޔާތުގައި އޭނާ ވަނީ، ޑީއާރުޕީ، އެމްޑީޕީ، ޖޭޕީ އަދި ޕީޕީއެމްގައިވެސް މަސައްކަތް ކުރަށްވާފައެވެ.
އަލްހާން ވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް މާލޭގެ ގޮނޑިއަކަށް ވާދަކުރައްވާފައެވެ. ނަމަވެސް އޭނާއަށް ގޮނޑި ކާމިޔާބުވާ ގޮތެއް ނުވިއެވެ. މިހާރު އޭނާ ގެންދަވަނީ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވައި ކެމްޕޭންވެސް ކުރަށްވަމުންނެވެ.
ކޯވިޑް-19 ގެ މިޙާލަތުގައި އިދިކޮޅު ޕީޕީއެމް އިން ކުރިއަށް ގެންދާ މަގުމަތީގެ ޙަރަކާތްތަކަށް ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ. އަދި އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން މިނިވަން ކުރުމަށް ސީރިއަސް މަސައްކަތްތަކެއް ނުކުރާކަމުގެ ކަންބޮޑުވުން އެޕާޓީގެ ޢާއްމު މެމްބަރުންނާ ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވާ ބައެއް ފަރާތްތަކުން ގެންދަވަނީ ފާޅު ކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު