ކެނެޑާގެ ޕަރައިމް މިނިސްޓަރ
ކެނެޑާގެ ޕަރައިމް މިނިސްޓަރ
ފްރާންސާއި އިނގިރޭސިވިލާތާ އެއްގޮަތަށް ކެނެޑާއިންވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމައިފިއެވެ.

އެގޮތުން ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަަމަޖެހިފައިވާ އދ. ގެ އާންމު މަޖިލީހުގައި ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ތައްޔާރު ކަމަށް ކެނެޑާގެ ޕްރައިމް މިނިސްޓަރު މާކް ކާނީ ވަނީ ވިދާޅުވެފައެވެ.

މާކް ވިދާޅުވީ ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ 2 ދައުލަތުގެ ހައްލު ކަމަށް އެގައުމުން އަބަދުވެސް ދެކެމުން އަންނަ ކަމަށެވެ. އަދި ކެނެޑާއިން އެކަން އިއުލާނުމިކުރީ އެމަގަށް ކުރެވެން ހުރި މަސައްކަތްތައް ހުއްޓި ހައްލާއި ދުރަށް ދާން ފެށުމުން ކަމަށްވެސް ވިދާޅުވިއެވެ.

ކެނެޑާގެ ރައީސް މިކަން އިއުލާން ކުރުމާއެކި އިސްރާއީލުން ވަނީ އެކަމާ ދެކޮޅުހަދައި ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އަދި އިޒްރޭލުން ބުނީ މިއީ ނުބައި ނިޔަތެއްގައި މިހާރު ދުނިޔެއިން ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ކެމްޕެއިންގެ ޕްރެޝަރު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު