އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މި ހޭދަވި މުއްދަތުގެ ތެރޭ ދުވާލަކު އެވްރެޖްކޮށް 28 ކުދިން ޝަހީދުކޮށްފައިވާ ކަމަށް އދ. އިން ބުނެފިއެވެ.
އދ.ގެ ޗިލްޑްރެންސް ފަންޑް (ޔުނިސެފް) އިން ބުނީ 7 އޮކްޓޯބަރު 2023 ގައި އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 18،000 އަށް ވުރެ ގިނަ ކުދިން ޝަހީދުވެފައިވާ ކަމަށެވެ.
ބޮމުގެ ހަމަލާތަކާއި، ރަނގަޅު ކާނާ ނުލިބުމާއި، ހައިހޫނުކަމުގައި އާއި އަސާސީ ހިދުމަތްތައް ނުލިބުމުގެ ސަަބަބުން ޣައްޒާގައި ދުވާލަކު އެވްރެޖްކޮށް 28 ކުދިން މަރުވާ ކަމަށް ޔުނިސެފް އިން ވަނީ ބުނެފައެވެ.
އެ އެޖެންސީން ބުނީ ޣައްޒާގެ ކުޑަކުދިން ތިބީ ކާނާ އާއި ސާފު ބޯފެނާއި ބޭސްފަރުވާ އާއި ރައްކާތެރިކަން އިންތިހާ ދަރަޖައަށް ބޭނުންވެފައި ކަމަށެވެ.
އަދި އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް އެކުދިން ބޭނުންވަނީ ހަމަލާތައް ހުއްޓާލަން ކަމަށަވެސް ޔުނިސެފް އިން ވަނީ ބުނެފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި ވަނީ ބަނޑުހައިހޫނުކަމުގެ ސަބަބުން ފަލަސްތީނުގެ އަށް ކުއްޖަކު މަރުވެފަ އެވެ. ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އިޒްރޭލުން ކުރިމަތިކޮށްފައިވާ ހުރަސްތަކުގެ ސަބަބުން 188 މީހުން މަރުވެފައި ވާއިރު އޭގެ ތެރޭގައި ބަނޑުހައިހޫނުކަމުގެ ހާލަތުގައި ތިބި 94 ކުޑަކުދިން ވެސް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު