އަސާސެއްނެތް މަޢުލޫމާތު ޙިއްސާ ނުކުރުމަށް ނައިބުރައީސް ޙުސައިން މުޙައްމަދު ލަތީފް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދަށް ގޮވާލައްވައިފިއެވެ.
ނައިބުރައީސް މިބީދައިން ޝާހިދަށް ގޮވާލެއްވީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި މަސައްކަތް ކުރަމުން އައި ދާއިމީ ފަސް މުވައްޒަފަކު ޕީއެންސީގެ ލިސްޓަކަށް ވަޒީފާއިން ސަސްޕެންޑު ކޮށްފައިވާކަމަށް ޝާހިދު ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ނައިބުރައީސް ވިދާޅުވީ، ޤައުމުގެ ތަރައްޤީއާ ކުރިއެރުމަށް މަސައްކަތްކުރާއިރު، ޙަޤީޤަތާ އެއްގޮތަށް މަޢުލޫމާތު ޙިއްޞާކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ.
“ބައެއް ފަރާތްތަކުން ފަތުރަމުންދާ އެއްވެސް އަސާސެއް ނުހުންނަ ވާހަކަތަކަށް ސަމާލުވުން މުހިންމު. ވަޒީފާގެ ބިރުވެރިކަން އުފެއްދުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއް.” ނައިބު ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު ނައިބުރައީސް ވަނީ، މަސައްކަތްތެރިންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ރައްކާތެރިކުރުމަކީ މި ސަރުކާރުގެ އިސް އަމާޒެއް ކަމަށާއި، ވަޒީފާގެ މާޙައުލުގައި އިތުބާރާއި ޔަޤީންކަން އުފެއްދުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައެވެ.
ނައިބުރައީސް މިހެން ވިދާޅުވެފައިވާއިރު، ޝާހިދު ވިދާޅުވެފައިވަނީ، ވަޒީފާގެ ބިރުވެރިކަން އުފައްދައި، އަނިޔާވެރިކަން ދައްކަވައިގެން ރައްޔިތުން ފަހަތަށް ޖެއްސެވޭނެކަމަށް ސަރުކާރުން ހީކުރުމަކީ ގޯހެއް ކަމަށެވެ.
ވަޒީފާގެ މާޙައުލުގައި އިތުބާރާއި ޔަޤީންކަން އުފެއްދުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ނައިބުރައީސް ވިދާޅުވެފައިވާއިރު، ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެޗްޑީސީ)ގެ ފަސް ވެރިއަކު މިހާރު ވަނީ މަގާމުން އެކަހެރިކޮށް ކުންފުނިން އެމީހުންނަށް ދީފައިވާ އެކްސެސްތައް ކަނޑާލާފައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މަޤާމުން އެކަހެރި ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެ ކުންފުނީގެ ޗީފް ޕްލޭނިންގ އޮފިސަރާއި ޗީފް ހިއުމަން ރިސޯސް އޮފިސަރ ގެ އިތުރުން ލީގަލް ޑިޕާރޓްމަންޓްގެ ހެޑް ހިމެނެއެވެ.

ޤައުމުގެ ތަރައްޤީއާ ކުރިއެރުމަށް މަސައްކަތްކުރާއިރު، ޙަޤީޤަތާ އެއްގޮތަށް މަޢުލޫމާތު ޙިއްޞާކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް. ބައެއް ފަރާތްތަކުން ފަތުރަމުންދާ އެއްވެސް އަސާސެއް ނުހުންނަ ވާހަކަތަކަށް ސަމާލުވުން މުހިންމު. ވަޒީފާގެ ބިރުވެރިކަން އުފެއްދުމަކީ ޒިންމާދާރުކަން…
— Hussain Mohamed Latheef (@HucenSembe) August 6, 2025
ނައިބުރައީސް މިހެން ވިދާޅުވެފައިވާއިރު، ޝާހިދު ވިދާޅުވެފައިވަނީ، ވަޒީފާގެ ބިރުވެރިކަން އުފައްދައި، އަނިޔާވެރިކަން ދައްކަވައިގެން ރައްޔިތުން ފަހަތަށް ޖެއްސެވޭނެކަމަށް ސަރުކާރުން ހީކުރުމަކީ ގޯހެއް ކަމަށެވެ.
ވަޒީފާގެ މާޙައުލުގައި އިތުބާރާއި ޔަޤީންކަން އުފެއްދުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ނައިބުރައީސް ވިދާޅުވެފައިވާއިރު، ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެޗްޑީސީ)ގެ ފަސް ވެރިއަކު މިހާރު ވަނީ މަގާމުން އެކަހެރިކޮށް ކުންފުނިން އެމީހުންނަށް ދީފައިވާ އެކްސެސްތައް ކަނޑާލާފައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މަޤާމުން އެކަހެރި ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެ ކުންފުނީގެ ޗީފް ޕްލޭނިންގ އޮފިސަރާއި ޗީފް ހިއުމަން ރިސޯސް އޮފިސަރ ގެ އިތުރުން ލީގަލް ޑިޕާރޓްމަންޓްގެ ހެޑް ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު