ތެލެސީމިއާ ކެރިއަރުން ކައިވެނިކުރަން ބޭނުންވާނަމަ، ކައިވެނިކުރުމުގެ ކުރިން ވަކި ޕްރޮގްރާމެއްގައި ބައިވެރިކުރަންޖެހޭ ގޮތަށް ގާނޫނަކުން ލާޒިމުކުރުމަށްޓަކައި ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި މި އިސްލާހު މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ، އެވަގުތު ޖަލްސާގައި ތިއްބެވި 61 މެންބަރުންގެ ތެެރެއިން 60 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ގާނޫނުގައި މިހާރު އޮންނަނީ ތެލަސީމިއާއަށް ޓެސްޓުކުރުމުގައި ފަރުދުންގެ ޒިންމާއާ ގުޅޭ މާއްދާއެކެވެ.
ނަމަވެސް އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ހުށަހެޅުއްވި މިބިލުގައި، ތެލަސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރުމާ ގުޅޭ މާއްދާއެއް ވަނީ ގާނޫނަށް އިތުރުކޮށްފައެވެ. އެމާއްދާގައި ބުނަނީ ކައިވެނިކުރަން އެދޭ ދެ ފަރާތުންވެސް ކައިވެނިކުރުމަށް ހުއްދައަށް އެދި ރަޖިސްޓްރާއަށް ހުށަހަޅަންޖެހޭނީ ތެލަސީމިއާ ޓެސްޓް ކުރުމަށްފަހު އޭގެ ނަތީޖާއާއެކުގައި ކަމަށެވެ.
އެ ނަތީޖާއަށް ބަލައި އެ ދެ މީހުންނަކީ ތެލަސީމިއާ ކުދިން ލިބިދާނެކަމަށް ބެލެވޭ މީހުން ކަމުގައިވާނަމަ އެފަދަ ކައިވެންޏެއް ކޮށްދެވޭނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހު ކަމަށްވެސް މިއަދު ފާސްކުރި ބިލުގައި ބުނެފައިވެއެވެ.
އެކަމާބެހޭ ގަވާއިދު 30 ދުވަހުގެ ތެރޭގައި އެކުލަވާލައި އާންމުކުރަންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ އާ ޝަރުތުތައް ވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
އެގޮތުން ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަކީ ސިވިލް ސާވިސްގެ މަގާމެއްކަމަށް ކަނޑައަޅައި، އެ މަގާމަށް މީހަކު އައްޔަންކުރާނީ ވަޒީރުގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަމަށް ވަނީ ހިމަނައިފައެވެ. އަދި އެ މަގާމަށް އައްޔަން ކުރެވޭނީ މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް އަށެއް ނުވަތަ ނުވައެއްގެ ސަނަދެއް ހާސިލްކޮށް ސިއްހީ ދާއިރާގައި މަސައްކަތްކުރުމުގެ 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް ކަމަށް ވެސް ހިމަނާފައިވެއެވެ.
ޑީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކަމަށްވެސް ކަނޑައަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު