ޣައްޒާއަށް އެހީ ފޯރުކޮށްދޭ އުޅަނދެއް
ޣައްޒާއަށް އެހީ ފޯރުކޮށްދޭ އުޅަނދެއް
ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީގެ ސާމާނު އުފުލަމުން ދިޔަ އުޅަނދެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި 20 މީހަކު ޝަހީދުވެއްޖެއެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އިން ބުނީ އެހީގެ ސާމާނު ބަރުކޮށްގެން ދަތުރު ކުރަމުން ދިޔަ އުޅަނދުގައި ޖެހި 20 މީހުން ޝަހީދުވެފައިވާއިރު، އެތައް ބަޔަކަށް އިތުރު އަނިޔާތައްް ލިބިފައިވާ ކަމަށެވެ. އެ ހާދިސާ ހިނގާފައި ވަނީ އެތައް ބަޔަކު އެހީގެ އިންތިޒާރުގައި ތިއްބާ ކަމަށް ވެސް ސިވިލް ޑިފެންސުން ވަނީ ބުނެފައެވެ.

ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ބުނީ އެހީ ގެނެސްދޭ އުޅަނދުތަކުގެ ޑްރައިވަރުންނަށް އިސްރާއީލުން އެތައް މަޖުބޫރެއް ކުރުވަމުން ދާކަމަށެވެ. އެގޮތުން ރައްކާތެރި ނޫން މަގު ތަކުން އެހީ ބަހާ މަރުކަޒު ތަަކަށް ދަތުރު ކުރުމަށް މަޖުބޫރު ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

އެކަމުގެ ސަބަބުން ކަންބޮޑުވެފައިވާ ރައްޔިތުން އެހީގެ ސާމާނު ހިފައިގެން އަންނަ އުޅަނދުތައް ކައިރި އަށް ޖަމާވަމުން އަންނަ ކަމަށާއި، އެކަމުގެ ސަބަބުން ތޮއްޖެހުން ބޮޑުވާ ކަމަށް ހަމާސްއިން ވަނީ ބުނެފައެވެ.

‎ޣައްޒާގައި ހިނގާފައިވާ މި ހާދިސާ ބައިނަލްއަޤުވާމީ ޖަމިއްޔާ އަދި ޖަމާއަތްތަކުން ސިފަ ކުރަނީ، ޣައްޒާގައި ކުރިމަތިވެފައިވާ އިންސާނީ ކާރިސާ ބޮޑު ކަމުގެ ނިޝާނެއްގެ ގޮތުގަ އެވެ.

އެހެންކަމުން ޣައްޒާގައި އިންސާނީ އެހީ ފޮރުކޮށްދިނުމުގެ މަސައްކަތް ރައްކާތެރި ކަމާ އެކު ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދިނުމަށް ބައިނަލްއަޤުވާމީ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް