އަހުމަދު ޔާމިން   19 ސެޕްޓެމްބަރު 2020 - 20:59
ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް
ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް
މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގައި 50 ސިޔާސީ މަޤާމް އުފައްދާފައިވާކަން ހާމަވެއްޖެއެވެ.

ޔޫތް މިނިސްޓްރީގެ ސިޔާސީ މަޤާމުތަކުގެ ތަފްސީލް އެކުލެވޭ ލިސްޓެއް މީސް މީޑިއާގައި މިހާރު ޢާއްމުވެފައި ވާއިރު އެ ލިސްޓުން ދައްކާގޮތުން މިވަގުތު އެ މިނިސްޓްރީގައި ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ހިމެނި ވަޑައިގަންނަވާގޮތުން 50 ސިޔާސީ މަޤާމް ވަނީ އުފައްދަވާފައެވެ. އޭގެ ތެރޭގައި މިނިސްޓަރުގެ ނައިބު ފެންވަރުގެ ބޭފުޅުންގެ އިތުރުން ގިނަ ޢަދަދަކަށް ޔޫތް އެސޯސިއޭޓުން ހިމެނެއެވެ.

މަތިލުއި ސަރުކާރެއް ހިންގުމުގެ ވަޢުދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޞާލިޙްގެ ސަރުކާރުގެ އެންމެ ވުޒާރާއެއްގައި 50 ސިޔާސީ މަޤާމް އުފައްދާފައިވުމުން މީސް މީޑިއާގައި ގިނަ ބަޔަކު ގެންދަނީ އެކަމަށް ފާޑު ކިޔަމުންނެވެ. "ރަސް އޮންލައިނަށް" ލިބިފައިވާ މި ލިސްޓުގައިވާގޮތުން މިވަގުތު ޔޫތު މިނިސްޓްރީގައި ޔޫތު އެސޯސިއޭޓްގެ ނަމުގައި 29 މަޤާމް އުފައްދާފައިވެއެވެ. އެ މަޤާމަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 13000 ރުފިޔާ ލިބެއެވެ.

އޭގެ އިތުރުން 13000 ރުފިޔާ އާއި 18000 ރުފިޔާއާ ދެމެދުގެ ޢަދަދެއް މުސާރައާއި ޢިނާޔަތުގެ ގޮތުގައި ލިބޭ 09 މަޤާމް ވަނީ އުފައްދަވާފައެވެ. ހަމައެއާއެކު ސީނިއަރ ޕޮލިސީ ޑިރެކްޓަރަކާއި، ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ލެވެލްގެ ދެ މަޤާމާއި، އެގްޒެކެޓިވް ޑިރެކްޓަރެއްވެސް އެ މިނިސްޓްރީގައި އެބަތިއްބެވިއެވެ. އޭގެ އިތުރުންވެސް އެކިއެކި މަޤާމްތަކުގައި އެ މިނިސްޓަރީގައި ސިޔާސީ ބޭފުޅުން އެބަ ތިއްބެވިއެވެ.

ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެންމެ މިނިސްޓްރީއެއްގައި މިހާ ގިނަ ޢަދަދެއްގެ ސިޔާސީ މަޤާމުތައް އުފައްދާފައި ވާއިރު، ޔޫތު މިނިސްޓްރީގެ ސިޔާސީ މަޤާމުތަކުގެ މުސާރައާއި އިނާޔަތްތަކަށް މަދުވެގެން މަހެއްގެ މައްޗަށް 9 ލައްކަ ރުފިޔާ ޚަރަދުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

މުނާޒު

20-Sep-2020

ހުރިހާ ދިމާލަކުން ވެސް ވައްކަން. މިވެރިންނަށް ވައްކަން ކުރުން ނޫންކަމެއް ނޭނގެނީބާ .


6

އާމިނަ

20-Sep-2020

ސްޕޯޓްސް ކައުންސިލަރުންވެސް އެއީ އެއްވެސް މަސައްކަތެ ނުކޮށް މުސާރަ ފީފަތިބޭ ބައެއް ކުރާބޭކަރުހަަރަދެެެއް



ޓްރެންޑިން