ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ވެގެންދާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހިންގަވާ ޖަރީމާތަކަށް ރުހޭކަން ނުވަތަ ނުރުހޭކަން ބުނެދޭ އިންތިހާބަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
މިރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ، މިފަހަރުގެ ކައުންސިލް އިންތިހާބަކީ ހަމައެކަނި ކައުންސިލްތަކަށް މީހުން އިންތިހާބުކުރާ އިންތިހާބެއް ނޫންކަމަށެވެ.
އޭގެ ބަދަލުގައި މި އިންތިހާބަކީ ރައީސް ހިންގަވާ ޖަރީމާތަކަށް ރުހޭކަން ނުވަތަ ނުރުހޭކަން ދައުރުގެ މެދުތެރެއިން ބުނެދޭ އިންތިހާބަކަށް މި އިންތިހާބު ހަދަންޖެހޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ ލާމަރުކަޒީ ގާނޫނޭ ބުނުމުން އެއީ ރަށެއްގައި ތިބޭ ދެތިން ކައުންސިލަރެއްގެ ވާހަކަކަމަށް ބައެއް ފަރާތްތަކަށް ހީވާކަމަށެވެ. ނަމަވެސް، ލާމަރުކަޒީ ނިޒާމަކީ އެއަށްވުރެ މާ ފުޅާ ނިޒާމެއްކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މި ސަރުކާރުން ސީދާ ރައީސް ގެންދަވަނީ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ނުވާނެކަން އެނގިވަޑައިގަންނަވާތީ ކައުންސިލްތަކުގެ ބާރުތައް މުށުތެރެއަށް ލައްވަމުން ކަމަށާއި ޕީއެންސީގެ މެންބަރުން ވެސް ދަނީ، ލާމަރުކަޒީ ނިޒާމަށްވުރެ ކުރީގެ ކަތީބުންގެ ނިޒާމު މާ ރަނގަޅުކަމަށް އާންމުންނަށް ވިސްނައިދެމުން ކަމަށް ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާތް ރަސްކަލާނގެ މި ގައުމު އުފައްދަވާފައި ވަނީ ވެސް ލާމަރުކަޒުކޮށްކަމަށެވެ.
އަދި މި ސަރުކާރުން ހިންގާ ޖަރީމާތަކާ ދެކޮޅުކަން ހާމަކުރުމަށް ގަދަކޮށް ތަރުތީބުވެގެން ނުކުމެ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބުކުރަން ޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ.
ވަހީދު މިހެން ވިދާޅުވެފައިވާއިރު، ރައީސް މި ހަފްތާގައި ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތަކުގެ ބޭނުމަކީ ކައުންސިލްތައް ބާރުވެރި ކުރުވުން ކަމަށާއި އެކަމުގެ ސަބަބުން ބާރުވެރިވެގެން ދާތަން ފެންނާނެކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު