އިސްރާއިލްގެ އަނިޔާވެރިކަން ހުއްޓުވުމަށް ބާރުއެޅުމަށް ހަމާސްއިން މުޅި ދުނިޔެއަށް ގޮވާލައިފިއެވެ.
އިންސާނީ އެހީގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައި ހަމާސްއިން ވަނީ ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާއި ބަނޑަހައިހޫނުކަމުގެ ޖަރީމާ ހުއްޓުވުމަށާއި އެ ސަރަހައްދުގެ ބޯޑަރުތައް ހުޅުވުމަށް އިސްރާއީލަށް ވީހާވެސް ބޮޑަށް ބާރުއެޅުމަށް ގޮވާލާފައެވެ.
ހަމާސްއިން ބުނީ އދ އާއި ދުނިޔޭގެ ޤައުމުތަކުން ފާހަގަކުރާ މި ދުވަސް އަންނަނީ، އިސްރާއީލުން 22 މަސްދުވަހަށްވުރެ ގިނަ ދުވަހު ދެ މިލިއަނަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުންނަށް ދެމުންގެންދާ އަނިޔާވެރިކަމާއި ބަނޑަހައިހޫނުކަމުގެ ތެރޭގައި ކަމަށެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ހޯދަމުންދާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އދ ގެ ޤަރާރުތަކާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ގޮވާލުންތަކަށް އިހާނެތިކޮށް ކަނޑައެޅިގެން ޣައްޒާގެ ސިއްހީ ދާއިރާ ފުނޑާލުމަށްޓަކައި ބޭސްފަރުވާގެ ތަކެއްޗާއި މެޑިކަލް ސަޕްލައިސް ވެއްދުން މަނާކޮށްފައިވާކަމަށް ހަމާސް އިން ނެރުނު ބަޔާނުގައި ވެއެވެ.
ހަމާސްއިން ބުނީ އިސްރާއީލުގެ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް ހަމައެކަނި ކުށްވެރިކުރުމުގެ ބަޔާންތައް ނެރުމަކީ މިހާރު އެކަށީގެންވާ ކަމެއް ނޫންކަމަ ކަމަށެވެ.
އަދި އެހީތެރިކަން ފޯރުކޮށްނުދިނުމާއި ބަނޑަހައިހޫނުކަން ދެމެހެއްޓުމުގެ ސީދާ ޒިންމާ އުފުލަންޖެހޭނީ އެމެރިކާ ސަރުކާރުން ކަމަށްވެސް ހަމާސް އިން ވަނީ ބުނެފައެވެ.
އިސްރާއީލުގެ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން މިހާތަނަށް 62,000 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުވެ، 156,230 މީހުން ޒަޚަމްވެފައިވެއެވެ. މީގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ކިޔުންތެރިންގެ ހިޔާލު