ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫން، ނުވަތަ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހް ބާތިލު ކުރުމަށް އެދި އިދިކޮޅު އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވާފައިވަނީ އޮގަސްޓު 14 ވަނަ ދުވަހުއެވެ. އަދި ހަމަ އެ ތާރީހުގައި ޤާނޫނަށް ވަނީ އަމަލުކުރަން ފަށާފައެވެ.
އެމްޑީޕީން މިއަދު ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނީ ލާމަރުކަޒީ ގާނޫނަށް 16 ވަނަ އިސްލާހު ގެނައުމުގެ ގާނޫން ގެ 70 ވަނަ މާއްދާގެ (ޅ) ގެ ގޮތުގައި އިތުރުކޮށްފައިވާ މާއްދާ އާއި 1-144 ގެ ގޮތުގައި އިތުރުކޮށްފައިވާ މާއްދާތަކަކީ، ގާނޫނުއަސާސީގެ 230 ވަނަ މާއްދާ އިން ކަނޑައަޅާފައިވާ ލާމަރުކަޒީ ނިޒާމުން އިދާރީ ދާއިރާތައް ހިންގުމުގެ އުސޫލާ ހިލާފު މާއްދާތަކެއް ކަމަށެވެ.
މި މާއްދާތަކުގެ ސަަބަބުން ގާނޫނު އަސާސީ އިން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ރައްޔިތުން ހިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންކަން ހިންގުމަށް ލިބިދޭ ހައްގާއި، ގާނޫނުއަސާސީ އިން ކަށަވަރުކޮށްދޭ މުދާ ހޯދައި ގެންގުޅުމުގެ ހައްގު ނިގުޅިގެން ދާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އަދި މި މާއްދާތައް ފާސްކޮށްފައި ވަނީ، ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާ ހިލާފަށްކަމަށްވާތީ، މި އިސްލާހުގެ މި ދެ މާއްދާ ބާތިލުކަމަށް ކަނޑައަޅައި ދިނުމަށް އެމްޑީޕީން ވަނީ އެދިފައެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނީ ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން ލޯކަލް ކައުންސިލުގެ ދައުރާއި ބާރުތައް ހަނިވާގޮތަށް އުސޫލުތައް ކަނޑައަޅައިފައިވާ ކަމަށެވެ.
އެ ގޮތުން ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަކީ ވަކި ހާއްސަ ޝަރުތުތަކެއް ފުރިހަމަވާ ކަންކަން ކަމުގައިވާންވާނެ ކަމަށް ކަނޑައެޅުމާއި، އެ ކުންފުނިތަކުގެ ދާއިރާ ހަނިކޮށްފައިވާ ކަމަށާއި، އެ މަސައްކަތަކީ، ރަށުގައި ނުވަތަ ރަށްތަކުގައި އުމްރާނީ ތަރައްޤީއަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ވާން ޖެހޭނެ ކަމަށް ކަނޑައެޅުމާއި، އެ މަސައްކަތުގެ އިންވެސްޓްމަންޓު ނުވަތަ ރައުސުލްމާލުގެ އަދަދު، 10،000،000 ރުފިޔާއަށްވުރެ ބޮޑުވާން ޖެހޭނެ ކަމަށް ކަނޑައެޅުން ފާހަގަ ކޮށްފައިވެއެވެ.
ލޯކަލް އޮތޯރިޓީ ކުންފުނިން ކުރިން ފަށައިފައިވާ ވިޔަފާރިތަކުގެ ތެރެއިން، މި ޝަރުތުތަކާ ތަޢާރުޟުވާ ވިޔަފާރިތައް، ޤާނޫނަށް ޢަމަލުކުރަންފަށާތާ 90 ދުވަހުގެ ތެރޭގައި ހުއްޓައިލަން ވާނޭ ކަމަށްވެސް މި މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި ކައުންސިލުގެ 5 އަހަރުގެ ދައުރުގެ ތެރެއިން، ފަހު އަހަރުގައި، މާލީ ވުޒާރާއާއި ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތިން މެނުވީ، ބައެއް ކަންކަން ކުރުމަށް ނިންމައިގެންނުވާނެ ކަމަށް ކަނޑައަޅައި، ކައުންސިލުގެ ޒިންމާ އަދާކުރުމަށް އޮތް މުއްދަތު ކުރު ކުރު ކޮށްފައިވާ ކަމަށްވެސް މައްސަލައިގައި ބުނެފައި ވެއެވެ.
މީގެ އިތުރުން މި ގާނޫނަށް ގެނައި އިސްލާހާ އެކު ކައުންސިލުގެ އިދާރާއަށް ނުވަތަ ކައުންސިލުގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމާއި، ކައުންސިލުގެ އިހްތިސާސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި، ދިނުމާއި، ކައުންސިލުތަކުން އެކަށައަޅައިފައިވާ ތަރައްޤީގެ ޕްލޭންތަކުގައި ކަނޑައަޅައިފައިނުވާ އާ ތަރައްޤީގެ މަޝްރޫއުތައް ފެށުން ނިމުމަކަށް ގެނެސްފައިވާ ކަމަށްވެސް އެމްޑީޕީން ފާހަގަކުރިއެވެ.
މައްސަލައިގައި ބުނެފައި ވަނީ ކައުންސިލްތަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅައި، ގާނޫނުއަސާސީ އިން އެކަށައަޅާފައިވާ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލާތީ، މި މާއްދާތައް، ގާނޫނުއަސާސީގެ 230 ވަނަ މާއްދާއާ ހިލާފުވާ ކަމަށް ދެކޭ ކަމަށެވެ.
މި އިސްލާހުތަކުގެ ސަބަބުން، ރައްޔިތުން ހިޔާރުކުރާ މަންދޫބުން މެދުވެރިކޮށް އެމީހުންގެ ކަންކަން ހިންގުމުގެ ހައްގަށް ހުރަސްއަޅާ އިރު، މި އިސްލާހުތައް ރެޓްރޯއެކްޓިވްކޮށް ހިނގާގޮތަށް ގާނޫނު ފާސްކޮށްފައި ވަނީ ގާނޫނުއަސާސީގެ ކަމާ ގުޅުން ހުރި މާއްދާތަކާ ހިލާފަށް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު