ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު އިތުރުފުޅު ހައްދަވަނީ ވެރިން އެ ފުރުސަތުދެއްވާތީ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގައިދިޔަ ބަޑި ޖެހުމުގެ ހާދިސާއާއި ގުޅިގެން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުޙައްމަދުދީދީ ދެއްކެވި ވާހަކައާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ދިޔާނާ މިއަދު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އިތުރުފުޅު ހައްދަވަނީ ނިޒާމުގެ ހިޔާވަހިކަންދެއްވާ އެކަމަށް މަގުފަހިކޮށްދެއްވާތީކަމަށެވެ. އަދި ރައީސް މައުމޫނަށް އިތުރުފުޅު ހައްދަވަން ކެރިވަޑައިގަންނަވަނީ ރާއްޖޭގެ ވެރިންނަށް ޙަޤީޤަތް އެނގިވަޑައިގަންނަވާ ޙާލުގައިކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި މާތްކަން އިތުރުވާނީ ދޮގުހެދިވަރަކަށް ކަމަށް ވެސް ދިޔާނާ ވަނީ ވިދާޅުވެފައެވެ.
މާފުށީ ޖަލުގައި ބަޑިޖެހުމުގެ ހާދިސާ ހިނގައިދިޔައިރު ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ އޮފިސަރަކަށް ހުންނެވި އިބްރާހިމް މުޙައްމަދުދީދީ މިއަދު ވަނީ އެ ހާދިސާ ވަނީ ތަޙުޤީޤުކުރެވިފައި ކަމަށާއި އެ ހާދިސާއާއި ގުޅޭ ބަޔާންތައް ޕީޖީ އޮފީހުގައި ހުންނާނެކަމަށް ވިދާޅުވެފައެވެ. އަދި ކުށްވެރިވި މީހުންނަށް ވަނީ ފިޔަވަޅު އެޅިފައިކަމަށާއި އެ ދުވަހުގައި ރައީސް މައުމޫން ބަޑިޖަހާކަށް އަމުރެއްނުކުރައްވާކަމަށް ވެސް އިބްރާހިމް މުޙައްމަދުދީދީ ވިދާޅުވިއެވެ. މިކަމާގުޅިގެން ރައީސް މައުމޫން ވަނީ ޙަޤީޤަތް ހާމަކުރެއްވީތީ އިބްރާހިމް ދީދީ އަށް ޝުކުރު ވެސް އަދާކުރައްވާފައެވެ.
އިއްޔެއަކީ ރައީސް މައުމޫންގެ ވެރިކަމާއި، އަނިޔާއާއި ދެކޮޅަށް ދިވެހި ރައްޔިތުން ނުކުމެ އެންމެ ބޮޑު މަސައްކަތެއް ފެށި ދުވަސް ކަމުގައި ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރަށްވައި އިބްރާހިމް ދީދީ ވަނީ އެވާހަކަ ތަކަށް ރައްދު ދެއްވާފައެވެ. އިބްރާހީމް ދީދީ ވަނީ އެދުވަހު ބަޑިޖަހަން މެދުވެރިވި ހާދިސާގައި ކަންކަން ހިނގައިދިޔަ ގޮތާއި ގުޅޭގޮތުން ކުރަމުންދަނީ ބޭކާރު ބަހުސެއްކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް އެމްޑީޕީ ހިމެނޭ ކޮންމެ ސަރުކާރެއްވެސް ވުޖޫދުވަނީ އަނިޔާވެރިކަން ނައްތާލައި އިންސާފު ހޯދައި ދިނުމުގެ ވާހަކަ ރައްޔިތުންނަށް ވިއްކައިގެންނެވެ. 2008 ގެ ރިޔާސީ ކެމްޕޭންގައި އެންމެ އަޑުހަރުކޮށް ވިއްކި އެއްވާހަކައަކީ ރައީސް މައުމޫންގެ ވެރިކަމުގައި ޖަލުގައި އަނިޔާކޮށް މަރާފައިވާ ފަރާތްތަކުގެ އާއިލާ ތަކަށާއި އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައި ދިނުމުގެ ވާހަކައެވެ. 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭންގައި އެންމެ ގިނައިން ދެއްކި އެއްވާހަކައަކީ ރައީސް ޔާމިންގެ ވެރިކަމުގައި ނުހައްގުން އަނިޔާ ލިބިފައިވާ ފަރާތްތަކަށާއި ގެއްލުވާލާފައިވާ ފަރާތްތަކާއި އަނިޔާވެރިކަމާއެކު މަރާފައިވާ ފަރާތްތަކުގެ އާއިލާ ތަކަށް އިންސާފު ހޯދައި ދިނުމުގެ ވާހަކައެވެ. ވެރިކަމަށް އައުމަށްފަހު މިކަމަށް އަމަލީ ސިފަ ނާންނާތީ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

Raees Maumoon ah ithurufulhu haddhavan kerivadaigannavanee mi raajjeyge iss vereenah hageegaiy engivadaigen thibbavaa, ehenas nizam ge hiyaavahikan dhevvaa, ithurufulhu haddhavan RM ah magufahikoh dhevvaathee.
— Dhiyana 🎈?🌹 (@dhiyanasaid) September 20, 2020
Mi raajjeyga maaiykan ithuruvanee dhoguhedhi varakah. https://t.co/poGSd4H13s
މާފުށީ ޖަލުގައި ބަޑިޖެހުމުގެ ހާދިސާ ހިނގައިދިޔައިރު ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ އޮފިސަރަކަށް ހުންނެވި އިބްރާހިމް މުޙައްމަދުދީދީ މިއަދު ވަނީ އެ ހާދިސާ ވަނީ ތަޙުޤީޤުކުރެވިފައި ކަމަށާއި އެ ހާދިސާއާއި ގުޅޭ ބަޔާންތައް ޕީޖީ އޮފީހުގައި ހުންނާނެކަމަށް ވިދާޅުވެފައެވެ. އަދި ކުށްވެރިވި މީހުންނަށް ވަނީ ފިޔަވަޅު އެޅިފައިކަމަށާއި އެ ދުވަހުގައި ރައީސް މައުމޫން ބަޑިޖަހާކަށް އަމުރެއްނުކުރައްވާކަމަށް ވެސް އިބްރާހިމް މުޙައްމަދުދީދީ ވިދާޅުވިއެވެ. މިކަމާގުޅިގެން ރައީސް މައުމޫން ވަނީ ޙަޤީޤަތް ހާމަކުރެއްވީތީ އިބްރާހިމް ދީދީ އަށް ޝުކުރު ވެސް އަދާކުރައްވާފައެވެ.
އިއްޔެއަކީ ރައީސް މައުމޫންގެ ވެރިކަމާއި، އަނިޔާއާއި ދެކޮޅަށް ދިވެހި ރައްޔިތުން ނުކުމެ އެންމެ ބޮޑު މަސައްކަތެއް ފެށި ދުވަސް ކަމުގައި ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރަށްވައި އިބްރާހިމް ދީދީ ވަނީ އެވާހަކަ ތަކަށް ރައްދު ދެއްވާފައެވެ. އިބްރާހީމް ދީދީ ވަނީ އެދުވަހު ބަޑިޖަހަން މެދުވެރިވި ހާދިސާގައި ކަންކަން ހިނގައިދިޔަ ގޮތާއި ގުޅޭގޮތުން ކުރަމުންދަނީ ބޭކާރު ބަހުސެއްކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް އެމްޑީޕީ ހިމެނޭ ކޮންމެ ސަރުކާރެއްވެސް ވުޖޫދުވަނީ އަނިޔާވެރިކަން ނައްތާލައި އިންސާފު ހޯދައި ދިނުމުގެ ވާހަކަ ރައްޔިތުންނަށް ވިއްކައިގެންނެވެ. 2008 ގެ ރިޔާސީ ކެމްޕޭންގައި އެންމެ އަޑުހަރުކޮށް ވިއްކި އެއްވާހަކައަކީ ރައީސް މައުމޫންގެ ވެރިކަމުގައި ޖަލުގައި އަނިޔާކޮށް މަރާފައިވާ ފަރާތްތަކުގެ އާއިލާ ތަކަށާއި އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައި ދިނުމުގެ ވާހަކައެވެ. 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭންގައި އެންމެ ގިނައިން ދެއްކި އެއްވާހަކައަކީ ރައީސް ޔާމިންގެ ވެރިކަމުގައި ނުހައްގުން އަނިޔާ ލިބިފައިވާ ފަރާތްތަކަށާއި ގެއްލުވާލާފައިވާ ފަރާތްތަކާއި އަނިޔާވެރިކަމާއެކު މަރާފައިވާ ފަރާތްތަކުގެ އާއިލާ ތަކަށް އިންސާފު ހޯދައި ދިނުމުގެ ވާހަކައެވެ. ވެރިކަމަށް އައުމަށްފަހު މިކަމަށް އަމަލީ ސިފަ ނާންނާތީ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު