އދ. ގެ ޖެނެރަލް އެސެމްބްލީގެ 80 ވަނަ ދައުރުގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ނިއުޔޯކަށް ދަތުރުކުރުމަށް ފަލަސްތީނުގެ ވަފުދަށް ވިސާ ދޫނުކުރުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނިންމި ނިންމުން އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ކުށްވެރިކޮށްފިއެވެ.
އޯއައިސީން ބުނީ މިއީ ބައިނަލްއަޤްވާމީ ޤާނޫނާއި އެމެރިކާއިން ސޮއިކޮށްފައިވާ “ހެޑްކއޯޓަރސް އެގްރީމަންޓް” އާ ޚިލާފު، ތަފާތުކުރުން ގެންގުޅޭ ނިންމުމެއް ކަމަށެވެ. އަދި މި ނިންމުން އަލުން މުރާޖަޢާކުރުމަށް އެމެރިކާގެ ސަރުކާރަށް އޯއައިސީން ވަނީ ގޮވާލާފައެވެ.
އެމެރިކާއިން އދ. އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށާއި، ހުރިހާ ޤައުމުތަކަކާއި އެ ޤައުމުތަކުގެ ރަސްމީ މަންދޫބުންނަށް ހުޅުވާލެވިފައިވާ މަންސަތެއްގެ ގޮތުގައި އދ. ގެ ދައުރު އިޙްތިރާމްކުރުމަށް އޯއައިސީން ވަނީ އެމެރިކާއަށް ގޮވާލާފައެވެ.
މީގެއިތުރުން، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެންމެހާ ފަރާތްތަކަށް، ޚާއްޞަކޮށް އދ. އަށް، މި ނިންމުން ބަދަލުކުރުމަށްޓަކައި އެމެރިކާގެ ކަމާބެހޭ ފަރާތްތަކާއެކު ވަގުތުން މަސައްކަތްކުރުމަށް އޯއައިސީން ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު