ޝާހިދާއި ފައިސަލް ފީއައްޔަށް ވަޑައިގަތުން- ފޮޓޯ: އެމްޑީޕީ
ޝާހިދާއި ފައިސަލް ފީއައްޔަށް ވަޑައިގަތުން- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދާއި ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ފ. ފީއައްޔަށް މިއަދު ވަޑައިގެންފިއެވެ.

ޝާހިދާއި ފައިސލަގެ މި ދަތުރުފުޅަކީ ފީއަލީ ކައުންސިލްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅެ ތެރެއިން އެ ދެބޭފުޅުން ވަނީ ފީއަލީ ކައުންސިލުން އެ ރަށުގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވައިދެއްވާފައެވެ.



ފީއަލީ ވޮލީބޯލް ކޯޓު ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތު- ފޮޓޯ: އެމްޑީޕީ


އަދި މި ދަތުރުފުޅުގައި ފީއަލީގައި ތިބި އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވައި، ޕާޓީގެ ކުރިއަށްހުރި ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު