ޔޫރަޕިއަން ޔޫނިއަންގެ މެންބަރު ގައުމުތަކުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލާ، ޓޫ ސްޓޭޓް ސޮލިއުޝަން އަކަށް މަގުފަހިކުރުމަށް އަމާޒުކޮށް ޔޫރަޕިއަން ޕާލިމެންޓުން ޤަރާރެއް ފާސްކޮށްފިއެވެ.
މި ޤަރާރު ފާސްކުރީ 305 މެންބަރުންގެ ވޯޓާ އެކުގައެވެ. 151 މެންބަރުން ވޯޓުދިނީ ޤަރާރާ ދެކޮޅަށެވެ. އަދި 122 މެންބަރުން ވޯޓުގައި ވަކިކޮޅަކަށް ވޯޓެއް ނުދެއެވެ.
ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް މި ޤަރާރުގައި ވަނީ ގޮވާލާފައެވެ.
އަދި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅުމާއި އިންސާނީ ހާލަތު ގޯސްކުރުމުގައި އިސްރާއީލްގެ ޒިންމާ އޮތްކަން ސާފުކޮށް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން ހަމާސްގެ ބާރުގެ ދަށުގައި ތިބި އިސްރާއީލީ ރަހީނުން ދޫކޮށްލުމަށްވެސް ގޮވާލާފައި ވެއެވެ.
ގަރާރުގައި ޔޫރަޕިއަން ޔޫނިއަން އަށް ގޮވާލާފައިވަނީ ހަމައެކަނި ބުނެލާ ބަހަކުން ކުއްވެރިކޮށްލައިގެން ނުތިބެ އަމަލީ ފިޔަވަޅުތަކެއް އެޅުމަށެވެ. އެގޮތުން އީޔޫ-އިސްރާއީލް އެސޯސިއޭޝަން އެގްރީމެންޓްގެ ވިޔަފާރިތައް ހުއްޓާލުމަށާއި، އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.
އަދި އަންރުވާގެ މެންޑޭޓް އަލުން ފުރިހަމައަށް އިއާދަކުރުމަށް ތާއީދުކުރުމާއެކު، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށާއި އެ ކޯޓުން ނެރޭ އަމުރުތަކަށް ވަނީ ތާއީދު ކޮށްފައެވެ.
ޤަރާރުގައި "ޖެނޮސައިޑް" (ނަސްލު ނައްތާލުން) މި ލަފުޒު ބޭނުންކުރުމާމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދުނު ނަމަވެސް، ފަހު ޑްރާފްޓުން އެ ބަސް ވަނީ އުނިކޮށްފައެވެ.
އިޓަލީގެ ސޯޝަލިސްޓް އެމްއީޕީ ނިކޯލާ ޒިންގަރެޓީ ވިދާޅުވީ މިއީ ސިޔާސީ ގްރޫޕްތަކުގެ މެދުގައި ކުރެވުނު ފުޅާ މަޝްވަރާތަކެއްގެ ނަތީޖާއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު