ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް-
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް-
ރަނގަޅު ވެރިކަމުގެ ނިޒާމަކަށް އެންމެ މުހިންމީ ބާރުތައް ވަކިވެފައިވާ ނިޒާމެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވެފައިވަނީ ދުނިޔޭގެ ޑިމޮކްރެސީ ދުވަހުގެ މުނާސަބާއާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ފައިސަލް ވިދާޅުވީ ރައްޔިތުންގެ ކަންކަމުގައި ސީދާ ރައްޔިތުން ގޮތް ނިންމާގޮތަށް ޑިމޮކްރެޓިކް ނިޒާމެއް ދިވެހީން ހޯދީ ވަރަށް ބޮޑެތި ގުރުބާނީތަކަކަށް ފަހުކަމަށެވެ.

"ރަނގަޅު ވެރިކަމުގެ ނިޒާމަކަށް އެންމެ މުހިންމީ, ބާރުތައް ވަކިވެފައިވާ ނިޒާމެއް." ފައިސަލް ވިދާޅުވިއެވެ.

ހަމަ އެއާއެކު ނޫސްވެރިންނާއި ފާރަވެރީންނަށް ފަހި ފުރުސަތުތަކެއް އޮންނަން ޖެހޭ ކަމަށާއި، އެމަގުތައް ބަންދުކުރަން މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ފައިސަލް މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޓަރީ ބިލާ ދެކޮޅަށް ނޫސްވެރިންނާއި އިދިކޮޅުން އަޑުއުފުލަަމުން ދަނިކޮށް، މިއަދު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އެ ބިލު ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު