ހެޔޮ ވެރިކަމެއް ކުރަން ބޭނުންވާނަމަ ކަންކަން ފޮރުވުމުގެ ބަދަލުގައި ހާމަކުރަން އިސްކަން ދޭންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ ރައްޔިތިންގެ މަޖިލީހުން މިއަދު މީޑިއާ ރެގިއުލޭޓުކުރުމުގެ ބިލު ފާސްކުރުމާ ގުޅިގެންނެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ބިލާ ދެކޮޅަށް ކަންބޮޑުވުން ފާޅުކޮށް، މަޖިލީހުގެ ތަޅުމުން ބޭރުކުރުމަށް ގޮވާލައި ނޫސްވެރިންނާއި ގިނަ އަދަދެއްގެ އާންމުން މުޒާހަރާ ކުރަމުން ދަނިކޮށެވެ.
މިކަމާ ގުޅޭގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ފައިސަލް ވިދާޅުވީ ޑިމޮކްރެޓިކް ނިޒާމެއްގައި އެންމެ މުހިންމީ ފާރަވެރިވުން ކަމަށްވާއިރު ނޫސްވެރިންނަށް އޮންނަން ވާނީ ފަހި ފުރުސަތެއް ކަމަށެވެ.
އަދި ނޫސްވެރިންގެ އެ މުހިންމު މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުން އަވަސްއަރުވާލައިގެން މިއަދު ފާސްކުރި ބިލާމެދު އިންތިހާއަށް ކަންބޮޑުވާކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
ފައިސަލް ވަނީ މިއީ ވަރަށް ބުރަ މަސައްކަތުން ދިވެހީން ހޯދި މިނިވަންކަމެއްގައި ފަހަތަށް އެޅި ބޮޑު ފިޔަވަޅެއް ކަމުގައި ސިފަކުރައްވާފައެވެ.
އެހެންކަމުން މި ބިލު ތަސްދީގު ނުކުރެއްވުމަށް ފައިސަލް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު