ފަނޑިޔާރަކަށް ވުމަކީ އެހެން ބައެއްގެ މައްޗަށް ގަދަވެގަތުމަށް ލިބޭ ބާރެއް ނޫން ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު ޣަނީ މިހެން ވިދާޅުވެފައި މިވަނީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު އައްޔަންކުރަން ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުކަމުގެ ޒިންމާއަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ވަރަށް ގިނަ އުސޫލުތަކެއް ފަނޑިޔާރުން ހިފަހައްޓަން ޖެހޭ ކަމަށެވެ.
އަދި ފަނޑިޔާރުންނަކީ އެހެން މީހުންނަށް ނަމޫނާއެއް ދައްކާ ބަޔަކަށް ވާންޖެހޭ ކަމަށާއި އެހެންވެ، ހުރިހާ ކަމެއްގައި ވެސް ވަރަށް ގިނަ ހިފެހެއްޓުންތައް ފަނޑިޔާރުން ގެންގުޅެންޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރަކަށް ވުމަކީ އެހެން ބައެއްގެ މައްޗަށް ގަދަވެގަތުމަށް ލިބޭ ބާރެއް ނޫން ކަމަށާއި ފަނޑިޔާރުންނަށް ލިބޭ ހަމައެކަނި ބާރަކީ ގާނޫނުތަކުގެ ދަށުން ލިބޭ ބާރު ކަމަށެވެ. އެހެންކަމުން ކޯޓުތަކަށް ހިދުމަތް ހޯދަން ދާ މީހުންނާ ފަނޑިޔާރުން މުއާމަލާތު ކުރަން ޖެހޭނީ ވަރަށް އިހްތިރާމާއެކު ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.
އަދި މަސައްކަތުގެ އަހްލާގް ދެމެހެއްޓުމަކީ އާންމުންގެ އިތުބާރު ހޯދުމަށް މުހިންމު ކަމެއް ކަމުގައި އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
އުއްތަމަފަނޑިޔާރު އިތުރަށް ވިދާޅުވީ ފަނޑިޔާރުންގެ މަސައްކަތުގައި ރައުޔު ތަފާތުވުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ހިޔާލު ތަފާތުވި ނަމަވެސް އަމާޒަކަށް ވާންޖެހޭނީ ހައްލަކާ ހަމައަށް ދިއުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު