2024 ގައި ފެނަކައިން ހޯދި ޚިދުމަތްތަކަކަށް 3.6 ލައްކަ ޑޮލަރު ދައްކަން ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ.
މި މައްސަލާގައި އެނާޖީ ސޭލްސް އެންޑް ސާވިސަސް އާއި ފެނަކަ އާ ދެމެދު އޭޕްރީލް 2024 އިން އޮގަސްޓް 2024 އާއި ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އެނާޖީ ސޭލްސް އެންޑް ސާވިސަސްއިން ފެނަކައަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ދައްކަން ޖެހޭ އަގުގެ ތެރެއިން މިހާތަނަށް އަދާކޮށްފައި ނުވާ، 366،812 ޑޮލަރު ހޯދުމަށް އެކުންފުނިން ވަނީ ދަޢުވާ ކޮށްފައެވެ.
އަދި ފެނަކައިން ނުދީ ހުރި ފައިސާގެ ވިހި ޕަސެންޓް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށާއި، މި މައްސަލައިގެ ވަކީލުންގެ ފީގެ ހަރަދުގެ ގޮތުގައި 35000 ޑޮލަރު ނަގައިދިނުމަށްވެސް އެނާޖީ ސޭލްސް އެންޑް ސާވިސަސްއިން އެދިފައިވެއެވެ. އަދި އެ ފައިސާ 10 ދުވަހުގެ ތެރޭގައި ދެއްކުމަށް އަމުރު ކޮށްދިނުމަށް ވަނީ އެދިފައެވެ.
ޖަވާބުގައި ފެނަކައިން ބުނެފައިވަނީ އެއްބަސްވުންތަކާ އެއްގޮތަށް އެނާޖީސޭލްސް އެންޑް ސާވިސަސްއިން އަމަލުކޮށް އެފަރާތުގެ ޒިންމާ އަދާކޮށްފައި ނުވާތީ އާއި ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައާއި ވަކީލުގެ ފީގެ ގޮތުގައި ހޯދުމަށް އެދިފައިވާ އަދަދަކީ ސައްހަ އަދަދަކަށް ނުވާތީ މި ދައުވާއަށް އިންކާރުކުރާ ކަމަށެވެ.
ނަމަވެސް މައްސަލަ ބެލުމަށްފަހު ސިވިލްކޯޓުން އިއްޔެ ހުކުމްކޮށްފައިވަނީ، ފެނަކަ އާއި އެނާޖީސޭލްސް އެންޑް ސާވިސަސް އާ ދެމެދު ވެފައިވާ ތިން އެއްބަސްވުމުގެ ދަށުން ފެނަކައަށް ފޯރުކޮށްދީފައިވާ ދައްކަން ޖެހޭ އަގުގެ ތެރެއިން މިހާތަނަށް އަދާކޮށްފައި ނުވާ 366،812 ޑޮލަރަކީ ފެނަކައިން އެނާޖީސޭލްސް އެންޑް ސާވިސަސް އަށް ދައްކަން ޖެހޭ ފައިސާއެއް ކަން ސާބިތުވާ ކަމަށެވެ.
އެހެންކަމުން އެ ފައިސާ އެނާޖީސޭލްސް އެންޑް ސާވިސަސްއަށް ލިބިދިނުމުގެ ގޮތުން އިއްޔެއިން ފެށިގެން އެއްމަސްދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ދައްކައި ހަލާސްކުރުމަށް ފެނަކައަށް އަންގާ ކަމަށާއި، ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާ އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާ ނަގައިދެވެން ނެތްކަަމަށް ވަނީ ޙުކުމް ކޮށްފައެވެ.
2024 ގައި ފެނަކައިން ހޯދި ޚިދުމަތްތަކަކަށް 3.6 ލައްކަ ޑޮލަރު ދައްކަން ސިވިލް ކޯޓުން ޙުކުމް ކޮށްފައިވާއިރު، ބްލޭޒަން އިންކް ކިޔާ ކުންފުންޏަކަށް ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ފައިސާ ދޫކުރި މައްސަލައިގައި ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢީދު 4 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ޙުކުމް އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު