އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ދައުރު ފުޅާ ކުރަން ސަރުކާރުން ނިންމުމުން އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) އިން އެކަމަށް މަރުހަބާ ކިޔައިފިއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީއަށް އިތުރު 17 މިލިއަން ޑޮލަރު އިންވެސްޓު ކުރަން ނިންމާފައެވެ.
އެކަމާގުޅޭ ގޮތުން އޭޑީސީން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ އުއްމީދު ކަމުގައި ވީ ނަމަވެސް، މީގެ ކުރިން އެތަނުގައި ދިރުމެއް ނުވާ ކަމަށެވެ. އެހެން ނަމަވެސް ކޯވިޑް-19 ގެ ނިއު ނޯމަލްގައި އެތަން ބޭނުން ކުރާ ގޮތަށް ބަދަލުތަކެއް ގެންނާނެ ކަމަށް ސަރުކާރުން އިއުލާނުކޮށްފައި ވާތީ އެކަމަށް މަރުހަބާ ކިޔާ ކަމަށް ބަޔާނުގައި ވެއެވެ.
އެބަޔާނުގައި ބުނެފައިވަނީ، ނިއު ނޯމަލްގައި ފަތުރުވެރިކަމަށް އެންޓްރީ ޕޮއިންޓެއްގެ ގޮތުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ބޭނުން ކުރަން ނިންމާފައިވާ ކަމަށާއި، މިއީ އައްޑޫ ސިޓީ އާއި އެހެން އަތޮޅުތައް ދެހެމެއްޓެނިވި ގޮތެއްގައި ވައިގެ މަގުން ގުޅުވާލުންކަމަށް އޭޑީސީން ޤަބޫލުކުރާކަމަށެވެ. އަދި އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ބޭނުމަށް ސަރުކާރުން ކަނޑައަޅާ ބިންތަކުގެ ކުލި ކުޑަ ކުރަން ނިންމާފައިވާކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
އައްޑޫސިޓީ ރައްޔިތުންގެ ޒަމާންވީ އުންމީދުތައް ފުރިހަމަ ވަމުންދާ މުނާސަބު ދަނޑިވަޅުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށާއި، ދިވެހި ސަރުކާރަށް އޭޑީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު