ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެތަނުގެ ސާވޭގެ މަސައްކަތް އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީގެ ޓީމަކުން ކޮށްފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފައިވަނީ، އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީގެ ޓީމެއް ހަނިމާދު އަށް ގޮސް އެއާޕޯޓުގެ ފުރަތަމަ މަރުޙަލާގެ ސާވޭ ކޮށްފައިވާ ކަމަށެވެ. އިންޑިއާގެ މިޓީމުން ވަނީ، އުތުރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ކަމާގުޅޭ އިދާރާތަކުގެ ބޭފުޅުންނާ އެކު މަޝްވަރާ ބައްދަލު ވުމެއް ވެސް ބާއްވާފައެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެއަރޕޯޓްގެ ރަންވޭ 2200 މީޓަރަށް ދިގުކުރުމާއި، އެއަރޕޯޓް ޓަރމިނަލް ބޮޑުކުރުމުގެ އިތުރުން އެއަރޕޯޓާއި ގުޅިފައިވާ އެހެނިހެން ވަސީލަތްތައްވެސް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އިންޑިއާ ހައިކޮމިޝަނުން ބުނީ ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ވެގެން ދިއުމާއެކު އެ އެއަރޕޯޓް ވެގެންދާނީ އުތުރުގެ ތަރައްޤީގެ މައި އިންޖީނަށް ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް 2018 ގައި އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ އިން 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އެ އެއްބަސްވުމާއި ގުޅިގެން އިންޑިޔާއިން ގެންދަނީ ރާއްޖޭގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ.

The project includes extension of the runway to 2200 metres, upgrade of terminals, fuel farms, cargo terminal, fire station, etc. It will be the major engine of future dvpt. of northern Maldives & encourage investments in tourism, infrastructure, fisheries & other sectors.
— India in Maldives (@HCIMaldives) September 23, 2020
ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް 2018 ގައި އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ އިން 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އެ އެއްބަސްވުމާއި ގުޅިގެން އިންޑިޔާއިން ގެންދަނީ ރާއްޖޭގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ.

EGY
AUT
IRQ
ކިޔުންތެރިންގެ ހިޔާލު