އދ. ދިއްދޫގައި އޭޓީއެމްގެ ހިދުމަތް ފެށުން-
އދ. ދިއްދޫގައި އޭޓީއެމްގެ ހިދުމަތް ފެށުން-
ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު އދ. ދިއްދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ ދިއްދޫގެ އިތުރުން މި ހަފްތާތެރޭގައި އދ. ގެ އިތުރު ތިން ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، މުޅި އދ. އަތޮޅަށް ބީއެމްއެލްއޭޓީއެމް ވިއުގަ ފުޅާކުރާނެ ކަމަށެވެ.

އެގޮތުން މި ހަފްތާތެރޭގައި ބީއެމްއެލް އޭޓީއެމް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ފެންފުށި، ކުނބުރުދޫ، އަދި މަންދޫގައެވެ.

"މި އަތޮޅުގައި އަޅުގަނޑުމެން މިކުރާ އިންވެސްޓްމަންޓަކީ ބޭންކަށްވެސް އަދިމި އަތޮޅުގެ މުޖުތަމަޢުތަކަށްވެސް ވަރަށް މުހިންމު ލަނޑުދަނޑިއެއް ހާސިލުކުރެވޭއިންވެސްޓްމަންޓެއް. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ހުރިހާރައްޔިތުންނަށް ބޭންކުގެ ޚިދުމަތްތައް ވީހާވެސް  ފަސޭހަކަމާއެކު ފޯރުކޮށްދިނުން. އަޅުގަނޑުމެން ގާއިމުކުރާ އޭޓީއެމްތަކަކީ މި އަމާޒަށް ވާސިލުވުމަށް އަޅުގަނޑުމެންކުރަމުންދާ މަސައްކަތުގެ  ހެއްކެއް." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްވިދާޅުވިއެވެ.

ދިއްދޫގައި އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބީއެމްއެލްއިން ވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42ބްރާންޗާއި، 189 ސެލްފްސަރވިސް ބޭންކިންގ ސެންޓަރާއި، 247 އޭޓީއެމް ގާއިމްކޮށްފައެވެ.

އަދި ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން މަޢުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު