އެމްޑީީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިިބްރާހީމް ނާޒިލް
އެމްޑީީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިިބްރާހީމް ނާޒިލް
ސަރުކާރުގެ މެމްބަރަކަށްވީތީ ސަރުކާރުން އެދޭހާ ގޮތަކަށް ކަންތައް ކޮށްދިނުމުން ފަހުން އޭގެ ހިތި ނަތީޖާ ފެންނާނެ ކަމަށް އެމްޑީީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިލް ވިދާޅުވީ އޮކްޓޫބަރު 3 ގައި އެމްޑީޕީން ބޭއްވި މުޒާހަރާއިން ހައްޔަރު ކުރި މީހުން މިހާރުން މިހާރަށް ދޫކޮށްލަން ޖެހޭ ކަމަށެވެ. އަދި މުޒާހަރާއަށް ދާ މީހުން މަދުކުރުމުގެ ނަމުގައި ސަރުކާރުން މިހާރު ކުރަމުންދާ ކަންތައްތަކުގެ ސަބަބުން 17 ނޮވެމްބަރުގައި މުޒާހަރާއަށް ނިކުންނަ މީހުން ވާނީ އިތުރު ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ.

ނާޒިލް ވިދާޅުވީ މީޑިއާ ރެގިއުލޭޓުކުރުމުގެ ގާނޫނުގެ ދަށުން ފޭސްބުކް ގައި ކުރެވޭ ޕޯސްޓަކުން ނުވަތަ ޓުވިޓަރ އެކައުންޓުގައި ކުރެވޭ ޕޯސްޓަކުން ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ވާހަކަ މަޖިލީހުގައި ދެއްކުމުން އެއަށް ރައްދު ދެއްވަމުން އެކަހަލަ އެއްވެސް ކަމެއް ނުހިނގާނެ ކަމަށް ޕީއެންސީން ބުނަމުންދިޔަ ކަމަށެވެ. ނަމަވެސް އިއްޔެ ފެނިގެން ދިޔައީ ފޭސްބުކްގައި ކުރެވުނު ޕޯސްޓަކާއި ގުޅިގެން އާންމު ރައްޔިތެއްގެ ފޯނު ހިފެއްޓިތަން ކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ.

ބިރުދެއްކުމުގެ ގޮތުން އެފަދަ އަމަލު ކުރުމަކީ އެކަމުގެ ސަބަބުން މުޖްތަމައުގައި އެހެނިހެން ކަންތައްތަކަށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދިގެންދާނެ ކަންތައްތަކެއް ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ.

ނާޒިލް އިތުރަށް ވިދާޅުވީ ރައްޔިތުން މަޖިލީހުގައިވެސް ރައްޔިތުން ބޭނުންވާ ގޮތައް ކަންތައްތައް ކޮށްދޭން ބޭނުންވާ މެންބަރުން އެބަތިބިކަމަށެވެ. އެހެންކަމުން ސަރުކާރުގެ މެންބަރަކަށް ވީތީ ސަރުކާރު އެދޭ ގޮތައް ކަންތައް ކޮށްދިނުމުން ފަހުން އޭގެ ހިތި ނަތީޖާ ފެންނާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ނާޒިލް ވިދާޅުވީ މިއަދުން މިއަދަށްވެސް ހައްޔަރުގައި ތިބި މީހުން ފުލުހުންނަށް ދޫކޮށްލެވޭނެ ކަމަށާއި ކޮންމެހެން ހޯމް މިނިސްޓަރު ބުނާގޮތް ހަދަން ނުޖެހޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު