ގަދަރާއި، އިހްތިރާމާއި އިއްޒަތަކީ ލައިގެން އުޅޭ އަންނައުނުން ހޯދޭނެ ކަންކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވެއްޖެއެވެ.
ކުޑޫ މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލިސް ޖަލްސާތަކުގައި އަޅުއްވަން ޖެހޭ ރަސްމީ ހެދުމަކީ ކޮބައިކަން ކަނޑައަޅައި އެއާ އެއްގޮތަށް އަމަލު ނުކުރާ މެންބަރުންނަށް ފިޔަވަޅު އަޅަން މަޖިލިސް ގަވާއިދުގައި ހިމަނަން މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.
ގަވާއިދުގައި މި އުސޫލު ހިމެނުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވީ، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިނިސްޓަރުން ހާޒިރު ނުކުރާތީ އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައެއް މެންބަރުން ޓައީ އެޅުން ހުއްޓާލުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ކުޑޫ ވިދާޅުވީ ރީތިކޮށް، ނަލަކޮށް، ހެދުން އަޅައިގެން މީހުންގެ ގަދަރާއި އިޙުތިރާމް ލިބޭނޭކަމަށް ޤަބޫލު ކުރުމަކީ ބޯދާ ވިސްނުމެއް ކަމަށެވެ.
"ގަދަރާއި އިހުތިރާމާއި އަބުރާއި އިއްޒަތާ، މިއީ ލައިގެން އުޅޭ އަންނައުނުން ހޯދޭނޭ ކަންކަމެއް ނޫން،" ކުޑޫގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ކުޑޫ ވިދާޅުވީ މިފަދަ ކަމެއް ކުރާއިރު، ތަރައްޤީވެފައި ހުރި ޤައުމުތަކުގައި އެކަން ކޮށްއުޅޭ އާއްމު އުސޫލަށް ބަލާލުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
މީގެ އިތުރުން އެކްސްގައި ހިއްސާކުރެއްވި އިތުރު ޕޯސްޓެއްގައި ކުޑޫ ވަނީ މިއަށް ވުރެން މުހިއްމު މައްސަލަތައް ޤައުމުގައި ހުއްޓާ އެންމެ މުހިއްމު ކަމަކަށް މިވީ 'ޓައީ' އެޅުން މަޖުބޫރުކުރުން ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.
"މިއަށް ވުރެން މުހިއްމު މައްސަލަތައް ޤައުމުގައި ހުއްޓާ އެންމެ މުހިއްމު ކަމަކަށް މިވީ 'ޓައީ' އެޅުން މަޖުބޫރުކުރުން. !!!! ޓައީ އަޅައިގެން ޤައުމު ދާ ހިސާބެއްވެސް އެނގިދާނެތާ." ކުޑޫ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު