މަސް ދޯންޏެއްގައި 72 ކިލޯގެ ޑްރަގު އެތެރެކުރި އިރުފާން ތަގިއްޔުގެ މައްސަލައިގެ ރަޖިސްޓްރޭޝަން ފީ ދައްކާފައި ނުވާ ކަމަށް ބުނެ ހައި ކޯޓުން އެ މައްސަލަ ބޭރުކޮށްލުމަކީ "ޓެކްނިކަލް" މައްސަލައެއް ނޫން ކަމަށާއި، އެއީ ނިޒާމު ފެއިލްވުން ކަމުގައި ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ދައުލަތުން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފްކުރީ ސ. ހުޅުދޫ، ދޭލިޔާގޭ އިރުފާންގެ ތަގިއްޔުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމުންނެވެ. އޭނާގެ މައްޗަށް ފުލުހުން ތުހުމަތުކުރަނީ، "މަސްޖަރީ-2" ކިޔާ ދޯންޏެއްގައި ޑިސެމްބަރު 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް ޑްރަގް މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށެވެ.
ތަގިއްޔުގެ ކުށްސާބިތުނުވާ ކަމަށް ކްރިިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ހައި ކޯޓުން ނިންމީ މައްސަލައިގެ ރެޖިސްޓްރޭޝަންފީ ދައްކަން ޕީޖީ އޮފީހަށް ހުށަހެޅުމުން، އެންގުމުގައިވާ މުއްދަތުގެ ތެރޭގައި ފީދައްކާފައި ނުވާ ކަމަށް ބުނެއެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ޒަރިޔަންދު ވިދާޅުވީ ދިވެހިރާއްޖޭގެ ހައިކޯޓުން 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގެ އިސްތިއުނާފު ބާތިލުކޮށްލަނީ ހަމައެކަނި ޕްރޮސިކިއުޓަރ ޖެނެރަލް 300 ރުފިޔާގެ ކޯޓު ފީއެއް ނުދައްކާތީ ކަމަށްވާނަމަ، އެއީ "ޓެކްނިކަލް މައްސަލައެއް" ނޫން ކަމަށެވެ. އަދި އެއީ ނިޒާމުގެ ފެއިލްވުމެއް ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.
ޒަރިޔަންދު އިތުރަށް ވިދާޅުވީ އަދުލު އިންސާފު ގާއިމްކުރެވެނީތޯ، ނުވަތަ ހަނުހިމޭނުން އޮޅުވާލެވެނީތޯ، ނުވަތަ ގަސްދުގައި ނިޒާމު ފުނޑާލެވެނީތޯ، ރައްޔިތުންނަށް އެނގެން އެބަ ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު