ޑރ. އައިޝަތު ރަމީލާ
ޑރ. އައިޝަތު ރަމީލާ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް، މިސަރުކާރުގެ ފުރަތަމަ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު، ޑރ. އާއިޝަތު ރަމީލާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ރަމީލާ އައްޔަން ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށައެޅީ މިމަހުގެ ދެ ވަނަ ދުވަހުއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޑރ. ރަމީލާ އެޗްއާރުސީއެމަށް އައްޔަންކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 63 މެމްބަރުންގެ އިއްތިފާގުންނެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރަން ޖެހުނީ އެޗްއާރުސީއެމްގެ ރައީސްގެ މަގާމުގައި ހުންނެވި މަރިޔަމް މުނާގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ.

ޑރ. ރަމީލާ އަކީ މި ސަރުކާރުގައި އެގްރިކަލްޗަރ މިނިސްޓްރީއަށް އައްޔަން ކުރެއްވި ފުރަތަމަ މިނިސްޓަރެވެ. ނަމަވެސް، އޭނާ ވަޒީރުކަމުން އިސްތިއުފާ ދެއްވީ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

އެޗްއާރުސީއެމްގައި މިހާރު ތިއްބެވީ، ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި، މެންބަރު ސަމާއު އަހުމަދު ނަޖީބާއި އިސްމާއިލް ހަބީބާއި، އަޙްމަދު މަޤުސޫމެވެ.



ކިޔުންތެރިންގެ ހިޔާލު