މިނިވަންކަމަށްޓަކައި ފުރާނައިން އަގުދައްކަވައި ޖިހާދު ކުރެއްވި ފަރާތްތަކުގެ ކިބައިން ދިވެހިން ހިތްވަރު ލިބިގަންނަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި ފައްޔާޒު ވަނީ ނަސްރުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
ހަމައެއާއެކު ފައްޔާޒު ވިދާޅުވީ މި ގައުމުގެ މިނިވަންކަމަށްޓަކައި ފުރާނައިން އަގު އަދާކުރެއްވި އެންމެހާ ބަޠަލުން ކުރެއްވި މަތިވެރި ޖިހާދުން ދިވެހިން މިއަދު ހިތްވަރު ލިބިގަންނަން ޖެހޭކަމަށެވެ.
އޭގެއިތުރުން 1988 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި އެންމެހާ ދިވެހިންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރަށްވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު، ނަސްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހު ދިވެހި ހާއިނުންނާއި ބޭރުގެ ނިރުބަވެރި ޖަމާއަތެއް ގުޅިގެން ދިން ކުއްލި ހަމަލާއިން ދިވެހި ސިފައިންނަށް ނަޞްރު ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. މިއަދަކީ ރާއްޖޭގެ 37 ވަނަ ނަސްރުގެ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު