ގދ. ގައްދޫގައި ޤާއިމްކުރި މޯބައިލް ޑީކޯ ޗެމްބަރ (ފޮޓޯ: މަސްވެރިން)
ގދ. ގައްދޫގައި ޤާއިމްކުރި މޯބައިލް ޑީކޯ ޗެމްބަރ (ފޮޓޯ: މަސްވެރިން)
ގދ. ގައްދޫގައި ޑީކޯ ޗެމްބަރަކާއިއެކު ޑައިވިން ސެންޓަރެއް ހުޅުވައިފިއެވެ.

"އިރާ ޑައިވިން ކްލަބް އެންޑް ވޯޓަރ ސްޕޯޓްސް" ގެ ނަމުގައި ހުޅުވި މި ސެންޓަރަކީ ހުވަދު އަތޮޅުގައި ހުޅުވި މިފަދަ ފުރަތަމަ ޑައިވިިން ސެންޓަރެވެ. މި ސެންޓަރުގައި ޤާއިމްކޮށްފައިވާ ޑީކޯ ޗެމްބަރަކީ މޯބައިލްކޮށް ޚިދުމަތް ފޯރުކޮށްދޭ ޗެމްބަރެކެވެ.

ޑައިވިންގ ކުރަން ބޭނުންވާ ހުރިހާ ސާމާނަކާ އެކު ހުޅުވާފައިވާ މި ސެންޓަރުން ޑައިވިންގ ސާމާނު މަރާމާތު ކުރުމާއި، ވޯޓަރ ސްޕޯޓްސްއަށް ބޭނުންވާ ސާމާނުވެސް ލިބެން ހުންނާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ފީނަންދާ މީހުން ޑީކޯވުމަކީ ރާއްޖޭގައި ޢާއްމުކޮށް ދިމާވާ ކަމެކެވެ. ޑީކޯވުމުގެ ސަބަބުން، ހާއްސަކޮށް ވައި ފުޅީގައި ޑައިވްކުރުމުގެ ތަމްރީނު ނެތި އެން ހިފުމަށާއި ފާނަ ހިފަން ފީނާ ބައެއް މަސްވެރިން މަރުވެ، އަނެއް ބަޔަކު ޕެރަލައިޒް ވުން ފަދަ ހާލަތާ ކުރިމަތިލާން ޖެހިފައިވެ އެވެ. ހާއްސަކޮށް ދެކުނުގެ އަތޮޅުތަކުގައި އެފަދަ ހާދިސާތައް އިތުރެވެ. ޑީކޯވުމުން ވާގިނެތުން ފަދަ ހާލަތަށް މީހާ ދެ އެވެ. އެހެންވުމުން ހޮސްޕިޓަލްތަކުގައި ދެވޭނެ މާ ބޮޑު ފަރުވާއެއް ނޯވެއެވެ.

މިހާރު ރާއްޖޭގައި އޮޕަރޭޓް ކުރަނީ އެންމެ ހައިޕާބެރިކް ޗެމްބަރެވެ. އެއީ ކ. އަތޮޅުގައި ހުންނަ ބަނޑޮސް އައިލެންޑް ރިސޯޓުގެ ޗެމްބަރެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން