ސިޔާސީ ވިސްނުމުގައި ކުންފުނިތަކުގެ ވެރިން ބަދަލު ކުރުމުގެ ހިތްދަތިކަން ލިބެނީ ރައްޔިތުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ޣަފޫރު މިހެން ވިދާޅުވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބަނދަރު ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ދެމީހަކު ނިޔާވުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރަށްވައި މަޖިލީހުގައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ޣަފޫރު ވިދާޅުވީ، ރާއްޖޭގައި ފަރުވާކުޑަވުމާއި، އިހުމާލުގެ ސަބަބުން ދިމާވާ ހިތާމަވެރި ހާދިސާތަކުގައި މީހުންގެ ފުރާނަ ގެއްލިގެންދަނީ ސިޔާސީ ވިސްނުމުގައި ތަންތަނުގެ ވެރިންނަށް ޤާބިލުނޫން މީހުން އައްޔަނު ކުރާތީ ކަމަށެވެ. އަދި ކަންކަން ގޯސްވެގެން ދަނީ ގޯސްކޮށް ކަމެއް ހިނގުމުން އެކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭތީ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
ހަމައެއާއެކު މިފަދަ ޙާދިސާތަކުގައި ދިވެހިންގެ ފުރާނަ ގެއްލުމަކީ ކުޑަކަމެއް ނޫން ކަމަށާއި، މިފަދަ އިހުމާލުގެ މައްސަލަތައް ނުބެލުމަކީ މަޖިލީހުގެ މެންބަރުން ލަދުގަންނަން ޖެހޭނެ ކަމެއް ކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ހުރިހާ ހިތާމައަކާއި ދެރައެއް ލިބެނީ ރައްޔިތުންނަށް ކަމަށްވެސް ޣަފޫރު ވިދާޅުވެފައިވެއެވެ.
"ކޮޅުވެއްޓިއެއް ބަންޑުޖަހައިގެން އެ މައްސަލަ ނުބަލާ އޮއްވައި، ދެވަނަ ފަހަރަށް ކޮޅުވެއްޓިއެއް ބަންޑުން އެ ޖެހީ. ކަންކަން ނުބެލީމާ ލިބޭ ދެރައާއި ހިތާމަ އަޅުގަނޑުމެންނަށް މި ފެނިގެން މިދަނީ." ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު މިހެން ވިދާޅުވެފައިވާއިރު، އެމްޕީއެލްއާ ދިމާ ބޭރުގައި ކޮޅުވެއްޓިއަކަށް ހައިމާކުތަކެއް ބަރުކުރަނިކޮށް ކޮޅުވެއްޓި ބަންޑުން ޖަހާލި ޙާދިސާގައި ދެމީހަކު ވަނީ ނިޔާވެފައެވެ. އެ މައްސަލާގައި އެމްޕީއެލުން ބުނެފައިވަނީ އެކަމާ ގުޅިގެން ކުންފުނީގެ އެތެރޭގެ ތަހުގީގެއް ކުރިޔަށްދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު