ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލަކު ރައްޔިތުންނަށްވީ ވަޢުދުތައް ހުރީ ނުފުއްދާ ކަމަށާއި، އަނެއްކާވެސް އެރަށަށް ވަޑައިގެން ހޮޅި ވަޢުދު ވަމުންދާކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީޙް މިހެން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުޢިއްޒު އިއްޔެ ފުވައްމުލަކު ސިޓީއަށް ފެއްޓެވި ދަތުރުފުޅުގައި އެ ސިޓީގައި ގިނަ މަޝްރުޢުތަކެއް ކުރިއަށް ގެންދަވާނެކަން ވަނީ އިޢުލާނު ކުރަށްވާފައެވެ.
އެކަމާ ގުޅިގެން މަލީޙް ވިދާޅުވީ، ރައީސް މުޢިއްޒު ފުވައްމުލަކަށް ވަޑައިގަންނަވަން ލަދުގަންނަން ޖެހޭނެ ކަމަށާއި، މިވެރިކަމުގައި ފުވައްމުލަކުގައި ތަރައްޤީގެ މަޝްރޫޢެއް ނުހިންގޭއިރު ކުރަމުންދަނީ އިސްރާފު ކަމަށް މަލީޙް ވިދާޅުވިއެވެ.
"100 ކޮޓަރި މެހެމާނުންނަށް ކުއްޔަށް ނެންގެވީ ދަޢުލަތުން ކިހާ ޚަރަދެއް ކޮށްފައިތޯ؟ ފްލައިޓަށް ލާރިދެއްކެވީ ޕީވީސީން ތޯ؟ ޓެކްސް ފައިސާ އިސްރާފު ނުކުރޭ." މަލީޙް ވިދާޅުވިއެވެ.
މަލީޙް މިހެން ވިދާޅުވެފައިވާއިރު، ފުވައްމުލަކަށް ފެއްޓެވި ދަތުރުފުޅުގައި ރައީސް ވަނީ ބޮޑެތި މަޝްރޫޢުތައް ފައްޓަވާ ދެއްވާފައެވެ. އެގޮތުން ފުވައްމުލަކު ސިޓީގައި ގާއިމުކުރާ 400 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތާއި، ފުވައްމުލަކު ސިޓީ ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ހިދުމަތްވެސް ވަނީ ފަށާފައެވެ.
ހަމައެއާއެކު ފުވައްމުލައް ސިޓީގެ ތަޢުލީމީ މަރުކަޒުގެ އައު އިމާރާތާއި ކުނި މެނޭޖްކުރާ ސެންޓަރުގެ އަމަލީ މަސައްކަތް ފެށުމާއި، ފުވައްމުލައް ސިޓީގައި ފުލުހުންގެ އެކޮމަޑޭޝަން ބްލޮކެއް ތަރައްގީ ކުރުމާއި، ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ގާއިމްކުރުމާއި، ސްކޭޓް ޕާކެއް ތަރައްގީކުރުމުގެ މަޝްރޫއާއި، އޮފީސް ކޮމްޕްލެކްސް އިމާރާތެއް ތަރައްގީ ކުރުމުގެ މަޝްރޫއު އަދި ފުވައްމުލަކު ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހި ފެށުން ހިމެނެއެވެ.
އޭގެއިތުރަށް، ފުވައްމުލައް ސިޓީގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމާއި ފުވައްމުލަކު ސިޓީގެ އިންޓަގްރޭޓެޑް އީކޯ ޓޫރިޒަމް މަޝްރޫއާއި، ސިޓީ ހޮޓަލެއް ތަރައްގީ ކުރުމާއި ޔޫތް ތަރޑް ސްޕޭސް ތަރައްގީ ކުރުމުގެ މަޝްރޫއާއި، ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއާއި، 75 ހައުސިންގ ޔުނިޓު ތަރައްގީ ކުރުމުގެ މަޝްރޫއެއް ވެސް ކުންފުނިތަކާ އިއްޔެ ހަވާލުކޮށްފައިވެއެވެ.

Hus holhi vaudhu? Muizz Fuvahmulakah vadaigannavan ladhufulhu gannan jehey. Kameh nukurevunuthaa dhathuraa dhimaakoh ethah israafeh. 100 kotari mehumaanunnah kuyyah nengevee dhaulathun kihaa kharadheh koffa thoa? Flightah laari dhehkee PVC in thoa? Tax faisaa israafu nukurey pic.twitter.com/fXP6U7b4wp
— Mohamed Maleeh Jamal (@maleehjamal) November 4, 2025
މަލީޙް މިހެން ވިދާޅުވެފައިވާއިރު، ފުވައްމުލަކަށް ފެއްޓެވި ދަތުރުފުޅުގައި ރައީސް ވަނީ ބޮޑެތި މަޝްރޫޢުތައް ފައްޓަވާ ދެއްވާފައެވެ. އެގޮތުން ފުވައްމުލަކު ސިޓީގައި ގާއިމުކުރާ 400 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތާއި، ފުވައްމުލަކު ސިޓީ ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ހިދުމަތްވެސް ވަނީ ފަށާފައެވެ.
ހަމައެއާއެކު ފުވައްމުލައް ސިޓީގެ ތަޢުލީމީ މަރުކަޒުގެ އައު އިމާރާތާއި ކުނި މެނޭޖްކުރާ ސެންޓަރުގެ އަމަލީ މަސައްކަތް ފެށުމާއި، ފުވައްމުލައް ސިޓީގައި ފުލުހުންގެ އެކޮމަޑޭޝަން ބްލޮކެއް ތަރައްގީ ކުރުމާއި، ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ގާއިމްކުރުމާއި، ސްކޭޓް ޕާކެއް ތަރައްގީކުރުމުގެ މަޝްރޫއާއި، އޮފީސް ކޮމްޕްލެކްސް އިމާރާތެއް ތަރައްގީ ކުރުމުގެ މަޝްރޫއު އަދި ފުވައްމުލަކު ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހި ފެށުން ހިމެނެއެވެ.
އޭގެއިތުރަށް، ފުވައްމުލައް ސިޓީގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމާއި ފުވައްމުލަކު ސިޓީގެ އިންޓަގްރޭޓެޑް އީކޯ ޓޫރިޒަމް މަޝްރޫއާއި، ސިޓީ ހޮޓަލެއް ތަރައްގީ ކުރުމާއި ޔޫތް ތަރޑް ސްޕޭސް ތަރައްގީ ކުރުމުގެ މަޝްރޫއާއި، ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއާއި، 75 ހައުސިންގ ޔުނިޓު ތަރައްގީ ކުރުމުގެ މަޝްރޫއެއް ވެސް ކުންފުނިތަކާ އިއްޔެ ހަވާލުކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު