އައްޑޫސިޓީ ހިތަދޫ ފްލެޓެއްގެ ދެވަނަ ފަންގިފިލާއިން 15 އަހަރުގެ ކުއްޖަކު ވެއްޓިގެން ފަރުވާދޭން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ ސިޓީ ހިތަދޫގެ 14 ވަނަ ފްލެޓުގެ ދެވަނަ ފަންގިފިލާއިން 15 އަހަރުގެ އަންހެން ކުއްޖަކު ވެއްޓިފައިވަނީ، ރޭ މެންދަމުގެ ވަގުތެއްގައެވެ.
މިޙާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު އެ ސަރަޙައްދަށްގޮސް، ކުއްޖާ ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ކުއްޖާގެ ހާލު މިވަގުތު ސްޓޭބަލް ނަމަވެސް އަދިވެސް އަންނަނީ އިތުރު ޓެސްޓްތައް ހަދަމުން ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
އެ ހާދިސާއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަ ކޮށްފައި ނުވެ އެވެ. އެކަމަކު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު