އަހުމަދު ޔާމިން   26 ސެޕްޓެމްބަރު 2020 - 19:26
ފަތުރުވެރިން ރާއްޖެ އަންނަނީ (ފޮޓޯ: ސޯޝަލް މީޑިއާ)
ފަތުރުވެރިން ރާއްޖެ އަންނަނީ (ފޮޓޯ: ސޯޝަލް މީޑިއާ)
ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖެއަށް އައީ 16405 ފަތުރުވެރިން ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރ ބަންދު ކުރުމަށްފަހު، އަލުން ބޯޑަރު ހުޅުވާލިފަހުން ރާއްޖެއައިސްފައިވަނީ 16405 ފަތުރުވެރިންނެވެ. އެއީ ޖުލައިމަހުގެ 15 ވަނަ ދުވަހުން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 7076 ފަތުރުވެރިންނެވެ. އޮގަސްޓް މަހު 7628 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ބޯޑަރު ހުޅުވާލި ޖުލައިމަހު ރާއްޖެ އައިސްފައިވަނީ 1752 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 399252 ފަތުރުވެރިންނެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީމަހު 173347 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ފެބްރުއަރީމަހު 149786 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި މާރޗްމަހު ރާއްޖެ އައީ 59،627 ފަތުރުވެރިންނެވެ. އޭފްރީލް އަދި ޖޫން މަހު ރާއްޖެއަށް އެއްވެސް ފަތުރުވެރިއަކު އައިސްފައިނުވާއިރު މޭމަހު ރާއްޖެ އައީ 36 ފަތުރުވެރިންނެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޔޫއޭއީ، ރަޝިއާ، ޔޫއެސް، ޔޫކޭ، އަދި ސްޕެއިނުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން