ހައްޖަށް ދިއުމަށް އެހެން ގައުމުތަކަށް ދީފައިވާ ކޯޓާގެ ތެރެއިން އެ ގައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާގެ ތެރެއިން ބައެއް ރާއްޖެއަށް ހޯދަން ސައުދީ ސަރުކާރާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ބޭއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވީ ގައުމުތަކަށް ދީފައި އޮންނަ ހައްޖު ކޯޓާގެ އިތުރަށް، އިތުރު ކޯޓާ މިހާރު ނުދޭ ކަމަށެވެ.
އެހެންނަަމަވެސް އެހެން ގައުމުތަކަށް ދީފައި ހުންނަ ކޯޓާގެ ތެރެއިން އެގައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާތައް، އިތުރަށް ކޯޓާ ބޭނުންވާ ގައުމުތަކުން ބޭނުން ކުރެވޭ އުސޫލެއް އޮންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހައްޖު މުބާޝިރު އިނިޝިއޭޓިވްގެ ނަމުގައި ސައުދީން ހިންގާ މި އިނީޝިއޭޓިވް އިން ރާއްޖެއަށް ފުރުސަތު ހޯދަން މިއަދު މަޝްވަރާ ކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް މިހާރު ދެނީ 1،000 މީހުންގެ ކޯޓާއެވެ. މި އަދަދު އިތުރުކުރަން ސަރުކާރުން ވަނީ މީގެ ކުރިންވެސް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު